އުމުރުން 23 އަހަރުގެ ކްރިސްޓީނާ އޮޒްޓަރކް ނަމަކަަށްކިޔުނު ރަޝިޔާގެ އަންހެނެއް، 100 ދަރިން ހޯދަން ބޭނުންވާކަމަށް ބުނެފިއެވެ.

ކްރިސްޓީނާ އަކީ ރަޝިޔާގެ ގާލިބް އޮޒްޓަރކް ނަމަކަށްކިޔުނު އުމުރުން 56 އަހަރުގެ ވިޔަފާރިވެރިޔަކާ ކައިވެނި ކޮށްގެން އުޅޭ އަންހެނެކެވެ. މިދެމަފިރިން 100 ދަރިން ހޯދުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން ސެރޮގެސީގެ ޒަރިއްޔާއިން ދަރިން ހޯދުމަށް 800،000 ޔޫރޯގެ އިންވެސްޓްމެންޓެއް ކޮށްފައިވާކަމަށް ކްރިސްޓީނާ ވަނީ ބުނެފައެވެ.

މިގޮތުން ސެރޮގެސީގޮތުގައި ހޯދާ އަންހެނުން ވިހަންދެންވެސް ގުޅުމެއް ނުބާއްވާނެ ކަމަށާއި، ވިހެއުމަށްފަހު އެމީހުންނަށް ދަރި ދޭ ހިސާބުން ދެން އިތުރު ގުޅުމެއްވެސް ނުބާއްވާނެ ކަމަށް ކްރިސްޓީނާ ބުނެފައިވެއެވެ. މިއީ ކްރިސްޓީނާގެ ދެމަފިރިންނާއި ދަރިން ހޯދަން ހީތެރިވެދޭ ސެރޮގޭޓް އަންހެނުންނާއި ދެމެދު މައްސަލައެއް ކުރިމަތި ވެދާނެކަމަށް ގެންގުޅޭ އުސޫލެއްކަމަށްވެއެވެ. ނަމަވެސް މިއަހެނުންގެ ސިއްހީ ފަރުވާތަކަށް ހޭދަވާނެ ހުރިހާ ހަރަދެއް ކުރާނީ ކްރިސްޓީނާމެން ދެމަފިރިން ކަމަށް ކްރިސްޓީނާ ވަނީ ހާމަކޮށްފައެވެ.

100 ދަރިން ހޯދުމަށް ނިންމީ ކްރިސްޓީނާ އަދި ގާލިބްވެސް ކުދިންދެކެ ވާލޯބިންކަމަށް މިދެމަފިރިން ހާމަކޮށްފައިވެއެވެ. އަދި ބޭނުންވަނީ ދުނިޔޭގެ އެންމެ ބޮޑު އާއިލާއެއް އޮތް ބަޔަކަށް ވާންކަމަށް ކްރިސްޓީނާ ފާހަގަ ކޮށްފައިވެއެވެ.

މިދެމަފިރިންނަށް 11 ދަރިން މިހާތަނަށް ލިބިފައިވާއިރު 100 ދަރިން ހޯދުމަށް ވިއްސަކަށް އަހަރު ނަގާނެކަމަށް އާންމުންގެ ގިނަބަޔަކު ވަނީ ލަފާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން