އާމްނާ އިމްރާން (ކ)، އަދި އައިޝްވާރިޔާ (ވ).
އާމްނާ އިމްރާން (ކ)، އަދި އައިޝްވާރިޔާ (ވ).
އިންޑިޔާގެ މަޝްހޫރު ފިލްމީތަރި އައިޝްވާރިޔާ ރާއީ ބައްޗަން އާއީ ވައްތަރު މީހަކު ޕާކިސްތާނުން ފެނިއްޖެކަމަށް އިންޑިޔާގެ ނޫސްތަކުގައި ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތަކުން ބުނާގޮތުންނަމަ، އައިޝްވާރިޔާ އާއި ވައްތަރު ކަމަށް ފާހަގަކޮށްފައިވަނީ ޕާކިސްތާނުގެ ބިއުޓީ ބްލޮގަރ އެކެވެ. އާމްނާ އިމްރާން ނަމަކަށް ކިޔުނު މިއަންހެން މީހާގެ އިންސްޓަގްރާމްގެ ފޮޓޯތަކުގައި އައިޝްވާރިޔާއާއި ވައްތަރުކަމަށް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.

ހާއްސަގޮތެއްގައި އާމްނާގެ ލޮލުގެ ރީތިކަން ގިނަ ބަޔަކު ފާހަގަކޮށްފައިވާއިރު އައިޝްވާރިޔާއަކީވެސް ރީތި ލޮލެއްގެ ވެރިއެކެވެ.

އާމްނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ޓިކްޓޮކް ވީޑިޔޯއެއްގައި އައިޝްވާރިޔާ އަދި ޝާހްރުކް ޚާން ފެނިގެންދާ ފިލްމު މޮހައްބަތޭންގެ ލަވަޔަކަށް ލިޕްސިންގ ކުރާ މަންޒަރުގެ އިތުރުން، އައިޝްވާރިޔާ ކުޅެފައިވާ ހިންދީ ފިލްމު ދޭވްދާސް އަދި އޭދިލްހެ މުޝްކިލް ފަދަ ފިލްމުތަކުގެ މަންޒަރުތައް ކުޅުމުގައި ހަރަކާތްތެރިވާތަންވެސް ފެނިގެން ދެއެވެ.

އިންސްޓްރާމްގައި އާމްނާ ހިއްސާކޮށްފައިވާ ބައެއް ފޮޓޯތަކުގައި އައިޝްވާރިޔާ އާއި ވައްތަރުވާން މޭކަޕް ކޮށްފައިވާކަމަށްވެސް ފާހަގަކުރެވިފައިވެއެވެ.

އާމްނާގެ އިތުރުން، އައިޝްވާރިޔާ އާއި ވައްތަރު ތިން މީހަކު މީގެ ކުރިންވެސް އާންމުން ވަނީ ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން