ވިސްތާރާ އެއަރލައިން
ވިސްތާރާ އެއަރލައިން
އިންޑިއާގެ ވިސްތާރާ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

ވިސްތާރާ އެއަރލައިންގެ ފުރަތަމަ ފްލައިޓް މިއަދު ރާއްޖެ އައިސްފައިވާއިރު، އެފްލައިޓަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. އެ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ބާއްވަނީ މުމްބާއީ އެއަރޕޯޓުންނެވެ.

ވިސްތާރާ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ބާއްވާނީ ބުދަ، ހޮނިހިރު އަދި އާދިއްތަ ދުވަހުއެވެ.



އެއަރލައިންގެ ދަތުރުތަކުގެ ޓިކެޓްގެ އަގުތައް އުޅެނީ 2 ކޮޅު ދަތުރު 227 ޑޮލަރަށެވެ.

ވިސްތާރާ އެއރަލައިންގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވަނީ އިންޑިއާއާއި ރާއްޖެއާ ދެމެދު ޤާއިމްކޮށްފައިވާ އެއަރ ޓްރެވެލް ބަބުލްގެ ދަށުންނެވެ. އިންޑިއާގެ ގިނަ އެއަރލައިން ތަކަކުން މިހާރުވެސް އަންނަނީ ރާއްޖެއަށް ދަތުރުތައް ބާއްވަމުންނެވެ. އޭގެތެރޭގައި އެއަރ އިންޑިއާ، އިންޑިގޯ، ގޯ އެއަރ އަދި ސްޕައިސްޖެޓް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން