އަލްއުސްތާޛު އަޙްމަދު ފަހުމީ ދީދީ   5 މާރިޗު 2021 - 16:44
މިއަހަރުގެ ފުރަތަމަ އެމްއައިޓީޓީ ފެއަރގައި ރާއްޖެ އިސްތިހާރުކުރުމަށް އެމްއެމްޕީއާރުސީއާއި އެކު 12 ކުންފުންޏަކުން ބައިވެރިވުމަށް ނިންމައިފިއެވެ.

ރާއްޖެ އިސްތިހާރުކުރުމަށް ރާއްޖެއިން ބޭރުގައި ބާއްވާ 44 ފެއަރއަކާއި ރޯޑްޝޯއެއްގައި މިއަހަރު ބައިވެރިވާނެކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ. މި ފެއަރތަކުގެ ތެރެއިން އެމްއެމްޕީއާރުސީން މިއަހަރު އެންމެ ފުރަތަމަ ބައިވެރިވާނީ މިމަހުގެ 16 އިން 18 އަށް މޮސްކޯގައި އޮންނަ އެމްއައިޓީޓީ ފެއަރގައެވެ. މި ފެއަރގައި އެ ކޯޕަރޭޝަނާއިއެކު ދިވެހި 12 ކުންފުންޏަކުން 23 މެމްބަރުން ބައިވެރިވާނެއެވެ. މީ ކޯވިޑްގެ ހާލަތާއި ގުޅިގެން ބޭރުގެ ފެއަރތައް މެދުކެނޑިފައި އޮންނަތާ އަހަރެއް ހާ ދުވަސް ފަހުން ބާއްވާ މިފަދަ ފުރަތަމަ ފެއަރއެވެ.

އެމްއައިޓީޓީ ފެއަރގެ އިތުރުން މިމަހުގެ 19 އިން 26 އަށް ރަޝިއާގެ ބޮޑެތި ސިޓީތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް ރޯޑް ޝޯތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ރޯޑް ޝޯތަކުގައި އެމްއެމްޕީއާރުސީއާއެކު 20 ކުންފުންޏަކުން 34 ބައިވެރިން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރްސީން މައުލޫމާތުދެއެވެ.

އެމްއެމްޕީއާރުސީން ވަނީ މިއަހަރު ދުނިޔޭގެ ބައެއް ބޮޑެތި ފެއަރތަކުގައި ބައިވެރިވުމަށް ނިންމާފައެވެ. އޭގެތެރޭގައި ސްޕެއިންގައި ކުރިއަށްދާ ފިޓޫރު ފެއަރއާއި، ޑަބްލިއުޓީއެމް ލަންޑަންއާއި، އައިޓީބީ އޭޝިއާ، އަދި އައިޓީބީ ޗައިނާ ހިމެނެއެވެ.

މިދިޔަ އަހަރުގެ ތެރޭގައި 22 ޓާގެޓް މާކެޓެއްގައި އެމްއެމްޕީއާރުސީން ވަނީ 412 ހަރަކާތެއް ހިންގާފައެވެ. މީގެތެރެއިން 314 ހަރަކާތަކީ ކޯވިޑްގެ ތެރޭގައި ރާއްޖެ އިޝްތިހާރުކުރުމަށް ހިންގި ހަރަކާތްތަކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން