ޑަބްްލިޔޫ އެޗް އޯގެ މައި އިދާރާ
ޑަބްްލިޔޫ އެޗް އޯގެ މައި އިދާރާ
ކޯވިޑް-19 ފެތުރުން މަދުކުރުމުގައި ފާހަގަކުރެވޭ ކުރިއެރުންތަކެއް ނޭޕާލުން ހޯދާފައިވާކަން ފާހަގަކޮށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން އެކުލަވާލާފައިވާ ހައި ރިސްކު ގައުމުތަކުގެ ލިސްޓުން ނޭޕާލްގެ ނަން އުނިކޮށް ރިސްކް ޒޯންތަކުގެ ލިސްޓުގައި އެގައުމު ހިމަނައިފިއެވެ.

މައި ރިޕަބްލިކާ ގައި ރިޕޯޓުކޮށްފައިވާގޮތުގައި ނޭޕާލްގެ ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ސްޕޯކްސްޕާސަން، ސާމިރް ކުމާރް އަދީކާރީ ވިދާޅުވީ ނޭޕާލްގެ އަދުގެ ހާލަތައް ބަލާ، ކޯވިޑް-19ގެ ހައި ރިސްކު ޒޯނުތަކުގެ ލިސްޓުން ރިސްކު ޒޯންތަކުގެ ލިސްޓަށް ނޭޕާލްގެ ނަން ޑަބްލިއުއެޗްއޯ އިން ތިރިކޮށްފައިވާކަމަށާއި، ސިއްހަތު ޖަމިއްޔާއިން މި އެސެސްމަންޓް ހަދާފައިވަނީ ކޯވިޑް-19 އާއި ދެކޮޅަށް ނޭޕާލުން އަޅާފައިވާ ފިޔަވަޅުތަކަށް ރިއާޔަތްކޮށްކަމަށެވެ.

އަދިކާރީ ވިދާޅުވީ މާރޗް މަހުގެ 24 ވަނަ ދުވަހު ސަރުކާރުން ނޭޕާލްގައި އިއުލާނުކުރި ލޮކްޑައުން ކުރިއަށް ގޮސްފައިވަނީ ވަރަށް ކާމިޔާބުކަމާ އެކީގައި ކަމަށާއި، އެއީ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އެޅުނު އެންމެ ފުރިހަމަ އެއް ފިޔަވަޅުކަމަށެވެ. އަދި ހައި ރިސްކު ގައުމުތަކުގެ ލިސްޓުން ނޭޕާލް އުނިކޮށްފައިވަނީ މީގެސަބަބުން ކަމަށް އަދިކާރީ ވަނީ ވިދާޅުވެފައެވެ.

ނޭޕާލުން މިހާތަނަށް ފެނިފައިވަނީ ކޯވިޑް-19ގެ 52 ޕޮޒިޓިވް ކޭސްއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން