މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަ ހައްލުކުުރުމަށް ސަރުކާރުން އެފެއްދި ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސްގެ ވެރިޔަކަށް ކަސްޓަމްގެ ކުރީގެ ކޮމިޝަނަރު ޔޫސުފް މާނިއު އައްޔަންކޮށްފި އެވެ. ނަމަވެސް މިކަން ސަރުކާރުން ރަސްމީކޮށް އިއުލާނު ކޮށްފައެއް ނުވެއެވެ.
މާނިއު އާ ޙަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ، މިހާރު ކުރިއަށްދަނީ އޮފީސް ހިންގުމުގެ އުސޫލުތައް ހެދުމާއި މުވައްޒަފުން ނަގައި އޮފީހެއް ހަމަޖެއްސުމުގެ މަސައްކަތް ކަމަށެވެ.
ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް އުފެއްދެވީ މިދިޔަ ޖުލައި މަހުއެވެ. އަދި އެއްގަމު ދަތުރުގެ ގާނޫނުގައި އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށާއި މަގުތައް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ބޭނުންވާ ސިޔާސަތުތަކާއި ޕްރޮގްރާމްތައް ކަނޑައެޅުމާއި، އާބަން ޕްލޭނިން މިންގަނޑުތަކަށް ހާއްސަ އިސްކަމެއް ދީގެން މަގުތައް ރޭވުމާއި ތަރައްގީކުރުން ހިމެނެއެވެ.
ހަމައެއާއެކު، މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ކޯޓާ ނިޒާމެއް ގާއިމުކުރުމާ އެކު ކޮންމެ އަހަރަ ނައްތާލެވޭ ނުވަތަ ރަޖިސްޓްރޭޝަން ބާތިލުކުރެވޭ އުޅަނދުގެ ޖުމްލަ އަދަދުގެ 30 އަށް ވުރެ އިތުރުނުވާނެ ގޮތުގެ މަތިން އަލަށް އުޅަނދު ރަޖިސްޓަރީ ކޮށްދިނުމަކީ ވެސް އެ އޮފީހުގެ މަސްއޫލިއްޔަތެކެވެ. އޭގެއިތުރުން މާލެ ސަރަހައްދަށް ހާއްސަ ޕާކިންގެ ތަފާތު ނިޒާމުތައް ތަރައްގީކުރުމާއި ޕާކުކުރުމުގެ ހާއްްްސަ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުމާއި، ސްކޫލް ކުދިންގެ ހާއްސަ ބަހުގެ ހިދުމަތާއި އާންމު ދަތުރުފަތުގެ ބަހުގެ ހިދުމަތް ދިނުމުގެ ނިޒާމެއް ގާއިމްކޮށް ހިންގުމަކީވެސް އެ އޮފީހުން އިންތިޒާމްކޮށް ބަލަހައްޓަންޖެހޭ ކަންތައްތަކެވެ.
އަދި ހަމަ އެހެންމެ ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި އުޅަނދުތަކުގެ ރޯޑްވާދިނަސް އިންސްޕެކްޝަން ހެދުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އޮޓޮމޭޓެޑް ވެހިކަލް އިންސްޕެކްޝަން ނިޒާމެއް ގާއިމުކުރުންވެސް އެ އޮފީހުގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.
މާނިއުއަކީ މި ސަރުކާރުގައި ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލްގެ މަގާމު ފުރުއްވި ފުރަތަމަ ބޭފުޅާ އެވެ. މާނިއު އެ މަގާމުން ވަކިކޮށްފައި ވަނީ ޖުލައި 2024ގަ އެވެ.އެ މަގާމުން ވަކިކުރުމަށް ފަހު، ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރިތާ ދެ ދުވަސް ފަހުން އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު