ގައުމުގެ އިޖްތިމާޢީ ފޭރާން އެންމެ ބޮޑަށް ހަލާކުވީ ރައީސް މައުމޫންގެ ތިރީސް އަހަރުގެ ތެރޭގައި ވެރިކަމާ ދެކޮޅަށް ޙަރަކާތްތައް ހިންގި ފަރާތްތަކުން ދަސްކޮށްދިން ނޭއްގާނީ ކަންތައްތަކުގެ ސަބަބުން ކަމަށް މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިގޮތަށް ވިދާޅުވެފައިވަނީ މި ސަރުކާރު ވެރިކަމަށް އައިއިރު ރާއްޖޭގެ އިޖްތިމާޢީ ފޭރާން އޮތީ ވީދިފައި ކަމަށް ރައީސް ޞާލިޙް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވުމާ ގުޅިގެންނެވެ. ރައީސް މިއަދު ވިދާޅުވީ، ރާއްޖޭގައި ވައްކަންކުުރުމާއި، ފޭރުމާއި، މީހުން މެރުން މި ސަރުކާރު ވެރިކަމަށް އައިއިރު ޢާއްމު ވެފައިވާ ކަމަށެވެ.

އާދަމް ޝަރީފު ވިދާޅުވީ ޤައުމުގެ އިޖްތިމާޢީ ފޭރާން ރަނގަޅު ކުރުމަށް ޤައުމީ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.



"ޤައުމުގެ އިޖްތިމާޢީ ފޭރާން ރަނގަޅު ކުރުމަށް ޤައުމީ މަސައްކަތްތަކެއް ކުރަން ޖެހޭ." އާދަމް ޝަރީފް ވިދާލުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި 2018 ވަނަ އަހަރު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު ގައުމުގައި އޮތް ކުށުގެވެށި މިހާރު ވަރަށް ބޮޑަށް ބަދަލުވެ ކުށްތައް މަދުވެފައިވާކަން ފާހަގަ ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން