ފިލްމު ސޫރްޔަވަންޝްގެ ޕޯސްޓަރެއް.
ފިލްމު ސޫރްޔަވަންޝްގެ ޕޯސްޓަރެއް.
ބޮލީ ވުޑްގެ ކާމިޔާބު ތަރި، އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާ ފިލްމް ސޫރްޔަވަންޝް އަންނަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިއްޖެއެވެ.

ރޯހިތު ޝެއްޓީ ޑައިރެކްޓު ކޮށްފައިވާ މިފިލްމު ފުރަތަމަ ނެރުމަށް ހަމަޖެއްސީ މިދިޔަ އަހަރުއެވެ. ނަމަވެސް ކޯވިޑާހެދި، މިފިލްމު ނެރުން ވަކި މުއްދަތެއް ނެތްގޮތައް ފަސްކުރެވިގެން ދިޔައެވެ.

މިފިލްމުގައި އަކްޝޭ އާއެކު ކެޓްރީނާ ކައިފް ލީޑު ރޯލުން ފެނިގެން ދާނެއެވެ.

މިފިލްމު ވެގެން ދާނީ ފުލުހުންގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް ރޯހިތު ޝެއްޓީ ނެރޭ ހަތަރުވަނަ ފިލްމަށެވެ. މިގޮތުން މީގެ ކުރިން ނެރެފައިވަނީ، 2011 ވަނަ އަހަރު ސިންގަމް، އަދި 2014 ވަނަ އަހަރު ސިންގަމް ރިޓަރންސްް އަދި، 2018 ވަނަ އަހަރު ސިންބާ އެވެ.

ސޫރްޔަވަންޝް ފިލްމުގައި އަކްޝޭ ކުމާރާއެކު، ފިލްމު ސިންގަމްގެ ލީޑް، އަޖޭ ދޭވްގަން އަދި ސިންބާ ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ރަންވީރްސިންގް ގެ ހާއްސަ ފެނިލުމެއް ހިމެނޭކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިފިލްމު ރިލީޒް ކުރާ ތާރީޚު އާންމު ކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން