އަބީޝޭކް ބައްޗަން ލީޑު ރޯލުން ފެނިގެންދާ ފިލްމް ބިގްބުލް އަންނަ އޭޕްރީލް މަހުގެ 08 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިއްޖެއެވެ.
ފިލްމީތަރި އަޖޭ ދޭވްގަން ޕްރޮޑިއުސް ކޮށްފައިވާ މިފިލްމު ނެރުމަށް ހަމަޖެހިފައިވަނީ ހޮޓްސްޓަރ މެދުވެރިކޮށް އޮންލައިންކޮށް ސްޓްރީމް ކުރެވޭ ގޮތަށެވެ.
މިފިލްމުގައި އަބީޝޭކް އާއެކު އެލީނާ ޑީ ކްރުޒް ލީޑު ރޯލުން ފެނިގެން ދާނެއެވެ.
މިފިލްމުން ފެނިގެންދާނީ 80 އަދި 90 ގެ އަހަރުތަކުގައި، އިންޑިޔާގެ ސްޓޮކް އެކްސްޗޭންޖް ބާޒާރުގައި ވަކި މީހަކަށް ލިބިގެންދާ އާދަޔާ ހިލާފު ކާމިޔާބީ ތަކެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި މިކާމިޔާބީއާއެކު ފައިސާގެ ދަހިވެތިކަމުގައި އެމީހާ ކުރާ ކުއްތައް ފެނިގެންދާނެކަމަަށްވެއެެވެ.
މިފިލްމު ރިލީޒް ކުރާ ތާރީޚާއެކު މިފިލްމުގެ ކުޑަ މަންޒަރެއް އިއްޔެ ވަނީ އާންމުކޮށްފައެވެ. އަދި މިފިލިމުގެ ޓްރެއިލަރ މިމަހު 19 ވަނަ ދުވަހު އާންމު ކުރާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު