އެމެރިކާގެ މަޝްހޫރު ލަވަކިޔުތެރިޔާ ކާންޔޭ ވެސްޓް.
އެމެރިކާގެ މަޝްހޫރު ލަވަކިޔުތެރިޔާ ކާންޔޭ ވެސްޓް.
އެމެރިކާގެ ކަޅު ނަސްލުގެ އެންމެ މުއްސަނދި މީހާގެ ލަގަބު ކާންޔޭ ވެސްޓް އަށްލިބިއްޖެއެވެ.

6.6 ބިލިއަން ޑޮލަރާއި އެކު، ކާންޔޭ ވެސްޓު ވެގެން ދަނީ އެމެރިކާގެ ތާރިހުގައިވެސް ބިލިއަނަރުންގެ ތެރޭގައި ގުނާލެވޭ ކަޅު ނަސްލުގެ އެންމެ ކުރީގައި އުޅޭ ފަރާތަށެވެ.

އެމެރިކާގެ މަޝްހޫރު ލަވަކިޔުތެރިޔާ ކާންޔޭ ވެސްޓަކީ ބިލިއަނަރެއް ކަމަށް ފުރަތަމަ ކަނޑައަޅާފައިވަނީ މިދިޔަ އަހަރު ފޯބްސް މެގަޒިނުންނެވެ. އަދި އޭރު ސާފު ފައިދާގެ ގޮތުގައި އޭނާގެ އަތުގައި 1.3 ބިލިއަން ޑޮލަރު ހުންނާނެ ކަމަށް ލަފާ ކޮށްފައިވީނަމަވެސް މިއަހަރުގެ ތަފާސް ހިސާބުތަކުން މިއަދަދު ތިން ގުނަ އަށްވުރެވެސް އިތުރުވެފައިވެއެވެ.

މިގޮތުން ބްލޫމްބަރގް އިން ލަފާކޮށްފައިވާ ގޮތުގައި ކާންޔޭ ވެސްޓަށް މިހާބޮޑު ކާމިޔާބީ އެއް ލިބުނީ އޭނާގެ ފެޝަން ވިޔަފާރި ކަމަށްވާ ޔީޒީ އިންނެވެ. އަދި އޭނާގެ ލަވަތަކަށްވުރެ ބޮޑަށް ޔީޒީއިން ބޮޑު ފައިދާއެއް ޖެހޭކަމަށްވެއެވެ. ހާއްސަކޮށް މި ވިޔަފާރި ޕްރޮމޯޓް ކުރުމަށް އެކި ފަރާތްތަކާއެކު ހެދިފައިވާ އެގްރީމެންޓް ތަކުންނެވެ.

މީގެއިތުރުން، ކިމް ކާޑޭޝިޔަން ގެ ފެޝަން ވިޔަފާރި ސްކިމްސްގެ ހިއްސާއަކުންވެސް ކާންޔޭއަށް ފައިދާ ލިބޭކަމަށް މައުލޫމާތު ލިބިފައިވެއެވެ.

7 އަހަރުވީ ކިމް އަދި ކާންޔޭގެ ކައިވެނި މިހާރު ރޫޅިފައިވާއިރު، އެދެމީހުންގެ ވަރީގެ މައްސަލަ ނިންމުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ދާކަމަށް އެމެރިކާގެ މީޑިޔާތަކުގައި ފާހަގަކޮށްފައިވެއެވެ. މިދެމީހުންގެ ކައިވެންޏަށް ހަތަރު ކުދިން ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން