އިންޑިޔާގެ 67 ވަނަ ނެޝަނަލް ފިލްމު އެވަރޑްސްގައި ބޮލީވުޑްގެ މަޝްހޫރު ފިލްމު ޗިޗޯރޭއަށް ލިބުނު ކާމިޔާބީ، ފިލްމީ ތަރި ސުޝާންތު ސިންގ ރާޖްޕޫޓްގެ ހަނދާން ތަކަށް ޚާއްޞަކޮށްފިއެވެ.

2019 ވަނަ އަހަރު ނުކުތް ހިންދީ ފިލްމު ޗިޗޯރޭ ގައި ސުޝާންތާއި އެކު ލީޑު ރޯލުން ދެން ފެނިގެންދަނީ ޝްރައްދާ ކަޕޫރެވެ.

މިފިލްމު ނެރުނުތާ އަހަރު ދުވަސް ނުވަނީސް ސުޝާންތުގެ ކުއްލި މަރާއިއެކު، މިފިލްމުގައި ހިމެނޭ ހިތާމަވެރި މަންޒަރުތަކުން އިތުރު ހިތްދަތިކަމެއް ލިބުނުކަން ގިނަބަޔަކު ވަނީ ފާހަގަކޮށްފައެވެ. ހާއްސަގޮތެއްގައި މިފިލްމުގައި އަމިއްލަ އަށް މީހަކު މަރުވާން މަސައްކަތްކުރާ ހާދިސާއެއް ހިމެނިގެންދިއުމާއިއެކު ސުޝާންތުގެ ކުއްލިމަރުގެ ހަނދާން އާކޮށްދޭ ކަމަށްވެއެވެ.

އިންޑިޔާގެ 67 ވަނަ ނެޝަލަނަލް ފިލްމު އެވަރޑްސްގައި ހިންދީ ފިލްމު ޗިޗޯރޭއަށް ވަނީ އެންމެ މޮޅު ފިލްމުގެ އިނާމް ލިބިފައެވެ. އަދި މިލިބުނު ކާމިޔާބީ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ހާއްސަކުރީ ސުޝާންތުގެ ހަނދާނުގައެވެ.

2020 ވަނަ އަހަރު ދުނިޔެ ދޫކޮށްފައިވާ ސުޝާންތުގެ ކުއްލި މަރުގެ މައްސަލައިގެ ތަހުގީގު އަދިވެސް ހިނގަމުންދާއިރު، މިތަހުގީގުގެތެރެއިން ބޮލީވުޑްގެ ތަރިންތަކެއްގެ މަސްތުވާތަކެތީގެ މައްސަލަތަކެއްވެސް ފެންމަތިވެގެން ދިޔައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން