އިންޑިޔާގެ މަޝްހޫރު ފިލްމީ ތަރި ދިޔާ މިރްޒާ ރާއްޖޭގައި.
އިންޑިޔާގެ މަޝްހޫރު ފިލްމީ ތަރި ދިޔާ މިރްޒާ ރާއްޖޭގައި.
އިންޑިޔާގެ މަޝްހޫރު ފިލްމީ ތަރި ދިޔާ މިރްޒާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާކަމަށް އިންޑިޔާގެ މީޑިޔާތަކުން ރިޕޯޓު ކޮށްފިއެވެ.

ދިޔާ އަދި އޭނާގެ ފިރިމީހާ ވައިބަވް ރޭކީ، ޗުއްޓީ ހޭދަކުރަމުން ދަނީ ހއ އަތޮޅުގެ ރިސޯޓެއް ކަމަށްވާ ޖޭއޭ މަނަފަރުގައެވެ. ރާއްޖެއައިސް ޗުއްޓީހޭދަކުރަމުން އަންނަ ދިޔާ ވަނީ އޭނާ ރާއްޖޭގައި ހޭދަ ކުރަމުންދާ ދުވަސްތައް ދައްކުވައިދޭ ރާއްޖޭގެ ރީތި ފޮޓޯތައް، އޭނާގެ އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ.

ދިޔާ އަދި ވައިބަވް ކައިވެނިކޮށްފައިވަނީ މިއަހަރު ފެބްރުއަރީ މަހުއެވެ. މިދެމީހުންގެ ކައިވެނި ލައިދިނުމުގައި އަންހެނަކު ބައިވެރިވެފައިވާތީވެ މިކައިވެންޏަށް ގިނަބައެއްގެ ސަމާލުކަށް ލިބިފައިވެއެވެ.

ދިޔާ މިރްޒާ ފިލްމީ ދާއިރާއަށް ނުކުތީ 2001 ވަނަ އަހަރު ނުކުތް ހިންދީ ފިލްމު "ރެހެނާ ހެއި ތެރެ ދިލް މެއި" އިންނެވެ. އޭގެފަހުން ގިނަ ފިލްމްތަކަކުން ފެނިގެން ދިޔަ ދިޔާ މިރްޒާ އެންމެ ފަހުން ފެނިގެންގޮސްފައިވަނީ 2020 ވަނަ އަހަރު ނެރުނު ހިންދީ ފިލްމު "ތައްޕަޅު" އިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން