ހުވަދު އަތޮޅު އުތުބުރީ ކޮނޑޭއަށް މިއަދު އެރި ދެކިނބުލުގެ ތެރެއިން ބޮޑު ކިނބޫ އަތުނުޖެހި ފިލައިފިއެވެ.

ކޮނޑޭއިން "ރަސް އޮންލައިން" އަށް މައުލޫތު ދިން މީހަކު ބުނީ ރަށުގެ ޒުވާނުން ވެގެން ކުޑަ އެތި ހިފަން މަސައްކަތް ކުރަނިކޮށް 10 ވަރަކަށް ފޫޓުގެ ބޮޑު ކިނބޫ އަތުނުޖެހި ފިލީ ކަމަށެވެ.

އަތުލެވުނު ދެ މީޓަރގެ ބޮޑުމިނުގެ ކިނބޫ ގެންދިޔައީ ރަށު ކައުންސިލްގެ ބެލުމުގެ ދަށަށެވެ. ނަމަވެސް ފަހުން ސިފައިން އެ ކިނބޫ ގެންގޮސްފައިވާ ކަމަށް ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މިރޭ އިރާކޮޅު ކޮނޑޭއަށް އެރި ދެވަނަ ކިނބޫ އެރި ގޮތަށް އަރާ ބަޔަކަށް އަތު ނުވެ ފިލައިގެން ދިޔަ ކަމަށް ބުނާ ބޮޑު ކިނބޫ ގޮސް ފޭބީ މޫދަށް ކަމަށް ފަހުން އެރަށުން މައުލޫމާތު ދިން މީހަކު ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު


30

ޢަކު

29-Apr-2020

ޙެނދުނު އަރާނެ އަދި އެއްގަމަށް. ޙޫނު ކުރަން އަވިން. ޢެގަޑީގަ އަތުލާ



ޓްރެންޑިން