އިރުފާން ޚާން
އިރުފާން ޚާން
ބޮލީވުޑްގެ އެކްޓަރ އިރުފާން ޚާން މަރުވެއްޖެއެވެ.

އޭނާ މަރުވީ މުމްބާއީގެ ކޮކީލާބޭން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ. އިރުފާން ޚާން މަރުވިއިރު އޭނާގެ އުމުރަކީ 54 އަހަރެވެ.

އިރުފާން ޚާންގެ ޕީއާރު ޓީމުގެ ތަރުޖަމާނަކު ހާމަކޮށްފައިވާގޮތުގައި، އޭނާ މަރުވިއިރު ހޮސްޕިޓަލުގައި އާއިލާގެ ގިނަ ބަޔަކު އޭނާގެ ގާތުގައި ތިއްބެވެ.

އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި އޭނާ މަރުވީ ކޯލޯން އިންފެކްޝަނެއް ޖެހިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށެވެ. ކޯލޯން އިންފެކްޝަނެއް ޖެހިގެން އޭނާ ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދޭން ފެށީ އިއްޔެއެވެ.

އިރުފާންގެ މަންމަ ސައީދާ ބޭގަމް މިދުނިޔެ ދޫކުރީ ހޮނިހިރު ދުވަހުގެ ވަގުތެއްގަވެ. އުމުރުން 95 އަހަރުގައި ސައީދާ ބޭގަމް މަރުވިއިރު އޭނާ ހުރީ ޖެއިޕޫރުގަ އެވެ. ކޯވިޑް-19 އާއި ގުޅިގެން އިންޑިއާގައި ލޮކްޑައުންގެ ހާލަތު އިއުލާންކޮށްފައި އޮތުމުގެ ސަބަބުން އިރުފާނަށް އޭނާގެ މަންމަގެ މޫނު ދެކެލަންވެސް ދެވޭގޮތެއް ނުވިއެވެ.

އިރުފާން ޚާން މަޝްހޫރު ވެފައިވަނީ އޭނާ ކުޅެފައިވާ ރޯލުތަކުގެ ތަފާތުކަމުގެ ސަބަބުންނެވެ. އެތައް ބަޔަކު ބުނާގޮތުގައި އިރުފާނަކީ ވަރަށް ތަފާތު އެކްޓަރެކެވެ. އެގޮތުން ފިލްމުގެ ބަތަލުގެ ބައިގެ އިތުރުން ވިލަންގެ ރޯލުވެސް އޭނާ ގިނަ ފިލްމް ތަކެއްގައި އަދާކޮށްފައި ވެއެވެ. ކޮންމެ ރޯލަކަށްވެސް ފިޓުވުމަކީ ގިނަ ބައެއްގެ މެދުގައި އޭނާ މަގުބޫލު ވެފައިވާ އެއް ސަބަބެވެ.

60 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވާ، އިރުފާން ވަނީ ހޮލީވުޑްގެ ބައެއް އުފެއްދުންތަކުންވެސް ފެނިގެން ގޮސްފައެވެ. އެގޮތުން ހޮލީވުޑްގެ ބޮޑެތި އުފެއްދުން ތަކުގެ ތެރޭގައި ހިމެނޭ "ޖުރެސިކް ވޯލްޑް" އާއި "އިންފާނޯ" ފަދަ ފިލްމުތަކުން އޭނާ ފެނިގެން ގޮސްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން