ގޯވިންދާ އަދި އަކްޝޭ ކުމާރު.
ގޯވިންދާ އަދި އަކްޝޭ ކުމާރު.
އިންޑިޔާގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ގޯވިންދާ އަދި އަކްޝޭ ކުމާރު ކޮވިޑަށް ޕޮޒިޓިވްވެއްޖެކަމަށް އިންޑިޔާގެ މީޑިޔާތަކުން ރިޕޯޓުކޮށްފިއެވެ.


ގޯވިންދާ ޕޮޒިޓިވްވެފައިކަން ޔަގީންކޮށްދީފައިވަނީ މިދިޔަ އާދީއްތަ ދުވަހު އޭނާގެ އަންހެނުން ސުނީތާއެވެ. ސުނީތާ ހާމަކޮށްފައިވާގޮތުންނަމަ، ގޯވިންދާ ކޮވިޑަށް ޕޮޒިޓިވެފައިވާކަން އެނގުނު ހިސާބުން، ގޭގެ އެންމެން ޓެސްޓު ކުރެވުނު ކަމަށާއި، ގޯވިންދާ ފިޔަވާ އެންމެންގެ ނަތީޖާ ނެގަޓިވްވެފައިވެއެވެ.

ގޯވިންދާ ކޮވިޑަށް ޕޮޒިޓިވްވުމުގެ ކުރިން، އޭނާގެ އަންހެނުން ކޮވިޑަށް ޕޮޒިޓިވްވެ، މިހާރު އެބަލިން ރަނގަޅުވެފައިވާކަމަށްވެއެވެ. އަދި ގޯވިންދާ މިހާރު ހުރީ އެކަހެރިވެ ކަރަންޓީނު ވެގެން ކަމަށް ޚަބަރުތައް ބުނެއެވެ.

ފިލްމީ ތަރި އަކްޝޭ ކުމާރުވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހިއްސާކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އަކްޝޭވަނީ މިހާރު ހުރީ އެކަހެރިވެ ކަރަންޓީނު ވެގެން ކަމަށް އޭނާގެ އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އަކްޝޭ ކުމާރު ކޮވިޑަށް ޕޮޒިޓިވްވިއިރު، ފިލްމީތަރި ޖެކްލިން ފެނާންޑޭޒް އާއެކު އަކްޝޭގެ ކުރިއަށް އޮތް ފިލްމު "ރާމް ސޭޓޫ"ގެ ޝޫޓިންގ ގެ މަސައްކަތް ދަނީ ކުރިއަށެވެ.

އިންޑިޔާގައި ކޮވިޑް ކޭސްތައް ގިނަވަމުންދިއުމާއެކު، އިންޑިޔާގެ ގިނަ ފިލްމީ ތަރިންތަކެއް މިއަހަރު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. މީގެތެރޭގައި މިފަހަކުން ޕޮޒިޓިވްވި އާލިއާ ބަޓް އަދި ރަންބީރް ކަޕޫރް ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު