ކިމް ކާޑޭޝިއަން.
ކިމް ކާޑޭޝިއަން.
އެމެރިކާގެ މަޝްހޫރު ޓީވީ ތަރި ކިމް ކާޑޭޝިއަން ބިލިއަނަރުންގެ ލިސްޓަށް އަރައިފިއެވެ.


މައުލޫމާތު ލިބޭ ގޮތުގައި އެއްބިލިއަން ޑޮލަރުގެ އާމްދަނީ ލިބޭކަން ފާހަގަކޮށް ބިލިއަނަރުންގެ ލިސްޓުގައި ކިމް ހިމެނިފައިވަނީ، އޭނާ އަށްލިބޭ އާމްދަނީގެ ސާފު ފައިދާއަށް ނިސްބަތްކޮށެވެ. ފޯބްސް މެގަޒިންގެ ދުނިޔޭގެ ބިލިއަނަރުންގެ ލިސްޓުގައި އުމުރުން 40 އަހަރުގެ ކިމް ހިމެނިގެން ދިޔައީ އޭނާގެ ފެޝަން އަދި ކޮސްމެޓިކްސް ބްރޭންޑްގެ ވިޔަފާރީގެ އިތުރުން، ޓީވީ އަދި އެކި ޕްރޮޑަކްޓް ޕްރޮމޯޓް ކުރުމަށް ކިމް ކުރާ އިސްތިހާރު ތަކުން ލިބޭ އާމްދަނީ އިން ލިބުނު ކުރިއެރުމުންނެވެ.

ފޯބްސް މެގަޒިންގެ ދުނިޔޭގެ ބިލިއަނަރުންގެ ލިސްޓުގައި 2،700 އަށްވުރެއް ގިނަ މީހުން ހިމެނޭއިރު، މިލިސްޓުގެ އެންމެ ކުރީގައި އުޅެނީ އެމޭޒަން ކުންފުނީގެ ސީއީއޯ ޖެފް ބޭޒޯސްއެވެ. ޖެފް ބެޒޯސް ބިލިއަނަރުންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނެނީ 177 ބިލިއަން ޑޮލަރުގެ އާމްދަނީއެއް އޭނާއަށް ލިބޭތީ އެވެ.

ކިޔުންތެރިންގެ ހިޔާލު