އެމެރިކާގެ ޓެކްސަސްގައި މީހަކު ވަގަށް ނެގި އެމްބިއުލާންސެއް އަތުލުމަށް ފުލުހުން ދެގަޑިއިރު ހޭދަކޮށްފިއެވެ.

އެމްބިއުލާންސް ވަގަށް ނަގާފައިވަނީ 19 އަހަރުގެ ފިރިހެނެކެވެ. އޭނާ ވަގަށް ނަގާފައިވަނީ ފަޔަރ ޑިޕާރޓްމެންޓެއްގެ އެމްބިއުލާންސެކެވެ. މަންޒަރުތަކުން ފެންނަގޮތުން، އެމެރިކާގެ ފުލުހުން ވަނީ ބާރު ސްޕީޑްގައި ދަތުރުކުރަމުން ދިޔަ އެމްބިއުލާންސް ހުއްޓުވުމަށް ދެގަޑިއިރު ހޭދަކޮށްފައެވެ.

ފުލުހުންނަށް އެމްބިއުލާންސް ވަގަށްނެގި މީހާ ހައްޔަރުކުރެވިފައިވަނީ، އޭނާ އަމިއްލައަށް އެމްބިއުލާންސުން ފައިބައި، ފައިމަގުގައި ފުލުހުންނަށް ފިލަން ދުވަންފެށުމުންނެވެ.

މިހާދިސާއާއި ގުޅިގެން ފުލުހުންގެ ތަހުގީގު ކުރަމުންދިޔަނަމަވެސް، އެފިރިހެން މީހާ އެމްބިއުލާންސެއް ވަގަށް ނެގި ސަބަބު ސާފު ނުވާކަމަށްވެއެވެ. އަދި މިއީ އާންމުކޮށް ދިމާވާ ހާދިސާއެއް ކަމަށްވެސް ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން