ޓެރަރިޒަމްގެ ތުހުމަތުކުރެވޭ އަޙްސަނަށް ފުލުހުން އަނިޔާކުރި މައްސަލަ އާއިލާއިން ފެންމަތިކުރުމުން، ފުލުހުންނަށް ޙަމަލާދިނީ އަހުސަން ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
ޓެރަރިޒަމްގެ ތުހުމަތުގައި ދޫނިދޫ ކަސްޓޯޑިއަލްގައި ބަންދުކޮށްފައި ހުރި އަހްސަން މުހައްމަދަށް ފުލުހުން އަނިޔާކޮށްފައިވާކަމަށް ބުނެ އޭނާގެ ޢާއިލާއިން ކަންބޮޑުވުން ފާޅުކޮށްފައިވާތީ އެކަން ސާފުކޮށްދެމުން ފުލުހުން މިރޭ ބުނެފައިވަނީ، އަޙްސަންގެ ބައެއް ޢަމަލުތަކުގެ ސަބަބުން އޭނާ ގޮޅިން ނެރުމަށްފަހު ގޮޅީގެ އިންތިޒާމްތައް ރަނގަޅުކޮށް އަލުން ގޮޅިއަށް ވަނުމަށް އެންގުމުން އޭނާ ވަނީ ފުލުހުންނަށް އިންޒާރުދީ ޙަމަލާދީފައި ކަމަށެވެ.
އެގޮތުން ދޫނިދޫގައި އަޙްސަން ހުރި ގޮޅީގައި ހަރުކޮށްފައިހުރި ކެމެރާއަށް ނުފެންނަގޮތް ހެދުމަށް އެކި އެއްޗެހި ބޭނުންކޮށް ތަކުރާރުކޮށް ކެމެރާ ބްލައިންޑް ކުރުމާ ގުޅިގެން މި މަހުގެ 11 ވަނަ ދުވަހުގެ ރޭ އަށެއްޖަހާ އެހައިކަންހާއިރު ގޮޅިން ބޭރަށް ނެރެފައިވާ ކަމަށާ އޭނާ ގޮޅިން ނެރުމަށްފަހު ކެމެރާގައި އުނގުޅާފައިހުރި ދަތްއުނގުޅާ ބޭސް ސާފުކޮށް ކެމެރާ ބްލައިންޑް ކުރުމަށް ބޭނުންކުރާ ތަކެތި ގޮޅިން ނެރެ، އަލުން ގޮޅިއަށް ވަނުމަށް އޭނާއަށް އެންގި ކަމަށެވެ. ނަމަވެސް، ގޮޅިއަށް ވަނުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަމަށް އަހްސަން ދެކޮޅު ހަދައި އެވަގުތު އެތަނުގައި ތިބި ފުލުހުންނަށް އިންޒާރުތައް ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
"ސުލްހަވެރިކަމާއެކު ގޮޅިއަށް ވަނުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވި ނަމަވެސް އެކަމަށް އަހްސަން މުހައްމަދު އިންކާރުކޮށް، އަހްސަން މުހައްމަދު ގޮޅިއަށް ވެއްދުމަށް މަސައްކަތްކުރި ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައި ފުލުހުން ގައިގައި ޖަހައި މާރާމާރީ ހިންގުމުން ފުލުހުން ވަަނީ ޕެޕާ ސްޕްރޭ ބޭނުންކޮށް އަހުސަނު މުހައްމަދު ޖަލު ސަރަހައްދުން ނެރެ ބިޑިއަޅުވާފައި. އެއަށްފަހު، އެފަދަ ކަންކަން އިތުރަށް ތަކުރާރު ނުކުރުމަށް އޭނާއަށް ނަސޭހަތްތެރިވެ އެރޭގެ ފަހުގެ ވަގުތެއްގައި ވަނީ ގޮޅިއަށް ވައްދާފައި،" ފުލުހުން ބުނެފައިވެއެވެ.
އަހްސަން ޖަލު ގޮޅިއަށް ވެއްދުމަށް ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ގޮތާއި މެދު އޭނާގެ އާއިލާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށް އެމައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅައިފައެވެ. ފުލުހުން ބުނީ އެކަމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި އަދި ފުލުހުންގެ ތެރޭގައި ހެދިފައިވާ އުސޫލްތަކުގެ ތެރެއިން އަމަލުކޮށްފައިވޭތޯ ޔަގީން ކުރުމަށް ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުންނާއި އަދި ޔޫސް އޮފް ފޯސް ރިވުއު ކޮމިޓީއަށް ހުށަހަޅައިގެން އެކަން ބަލަމުންދާ ކަމަށެވެ. އަދި ފުލުހުން އެކަމުގައި ހަމަޖެހިފައިވާ އިޖުރާއަތުތަކާއި ހިލާފަށް އަމަލުކޮށްފައި ވާނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
2020 ވަނަ އަހަރު ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާނު ހަދަމުންދިޔަ ވަގުތާ ދިމާކޮށް އެ ސްކޫލްގެ ލެބޯޓަރީ ގޮއްވާލުމަށް ރޭވިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަހްސަން މުހައްމަދުގެ މައްޗަށް ކުރާ ދެ ދައުވާއަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.
ފުލުހުން މިމައްސަލާގައި ބަޔާނެއްނެރެ ކަންހިނގި ގޮތް ކަމަށްބުނެ މައްސަލަ އޮޅުންފިލުވައިދޭން މަސައްކަތް ކޮށްފައި މިވަނީ ފުލުހުން އަހުސަން ގޮޅިންނެރެ ރޭގަނޑު ދަންވަރު އޭނާއަށް އަނިޔާކޮށްފައިވާ މައްސަލަ އަހުސަންގެ އާއިލާއިން ފެންމަތި ކުރުމުންނެވެ. ފުލުހުން މިމައްސަލައިގައި ދައްކާފައިވާ ވާހަކަތަކާ ގުޅޭ އެއްވެސް ކަމެއްގެ ދަލީލެއް ނުވަތަ ހެއްކެއް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު