ލަގްޒަރީ ފަތުރުވެރިކަމަށް އަމާޒުކޮށް ރަޝިއާގައި ބާއްވާ އެންމެބޮޑު ފެއަރ، ލަގްޝަރީ ޓްރެވެލް މާޓްގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

"ލަގްޝަރީ ޓްރެވެލް މާޓް 2021" ކުރިއަށްދާނީ މިމަހުގެ 22 އިން 23 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާގެ ވެރިރަށް މޮސްކޯގައެވެ.

މި ފެއާރގައި ބައިވެރިވުމުގެ މަގްސަދަކީ ރަޝިއާ މާކެޓްގައި ރާއްޖޭގެ މަގުބޫލުކަން ދަމަހައްޓައި ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ރަޝިއާގައި ރާއްޖެ އިޝްތިހާރުކުރުން ކަމަށް މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަންސް، އެމްއެމްޕީއާރުސީން ބުނެއެވެ.

މި ފެއާގެ ތެރެއިން ޓުއަރ އޮޕަރޭޓަރުންނާއި ފަތުރުވެރިކަމުގެ އެކި ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި ބައްދަލުކޮށް ރާއްޖޭގައި ފަތުުރުވެރިންނަށް ހުރި ފުރުސަތުތަކާއި ގުޅޭ މަޢުލާތުމާތު ހިއްސާކުރެވިގެންދާނެއެވެ. އަދި މީގެ އިތުރުން ދިވެހިރާއްޖެއާބެހޭ އެންމެފަހުގެ މައުލޫމާތާއި ޤުދުރަތީގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައި އޮންނަ ޖަޒީރާ ވަންތަކަމާއި "ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓް" އަށް އަލިއަޅުވާލައި ރާއްޖެއަކީ ފަތުރުވެރިން ޗުއްޓީ ހޭދަކުރަން ޒިޔާރަތްކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރާނެ ކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

މި ފެއާގައި ޑެސްޓިނޭޝަން ސްޕޮންސަރޝިޕް މެދުވެރިކޮށް ދިވެހިރާއްޖެ އިތުރަށް އިޝްތިހާރު ކުރެވިގެންދާނެ ކަމަށްވެސް އެމްއެމްޕީއާރުސީން ބުނެއެވެ.

ލަގްޝަރީ ފަތުރުވެރިކަމަށް އަމާޒުކޮށް ރަޝިއާގައި ބާއްވާ އެންމެ ބޮޑު ފެއަރ، ލަގްޝަރީ ޓްރެވެލް މާޓްގައި ރާއްޖެއިން ބައިވެރިވިއިރު ރަޝިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިއްމު ޤައުމެކެވެ. މިހާރު ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުުރުވެރިން ޒިޔާރަތްކުރަނީ ރަޝިއާއިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން