ޒަހީނުއްދީން ސަޢީދު   24 އޭޕްރީލު 2021 - 18:33
ދިވެހިންގެ މެދުގައި މަގުބޫލް ސުޕާރީ، ފުޅިފުޅީގައި ބަންދުކޮށްގެން ރާއްޖޭގައި ވިއްކަން ފަށައިފިއެވެ.

ޕްލާސްޓިކް ކޮތަޅުގައި ހުންނަ ސުޕާރީގެ ބަދަލުގައި މިހާރު ގިނަ ފިހާރަތަކުން ވިއްކަމުންދަނީ ބިއްލޫރި ފުޅީގައި ހުންނަ ސުޕާރީއެވެ. އެގޮތުން ޖަމާލީ ސްޓްރޯ އިން ޑިސްޓިބިއުޓްކުރާ ސްޕާރީ މިހާރު ވިއްކަނީ ފުޅި ފުޅީގައެވެ. އެހެން ފިހާރަތަކުން 110 ގްރާމްގެ ސުޕާރީ ފުޅިއެއް 80 ރުފިޔާއަށް ވިއްކި ނަމަވެސް ޖަމާލީ ސްޓޯރުން ސްޕާރީ ފުޅިއެއް ވިއްކަނީ 65 ރުފިޔާ އަަށެވެ. އަދި މިއަގުގައި ވަކިން ވިއްކޭގޮތަށް ގަނޑުކޮށްވެސް އެފިހާރައިން ވިއްކައެވެ.

އެހެންވީމާ ކަންމަތީ ފިހާރައިން 65 ރުފިޔާއަށް ވުރެ އަގުބޮޑުކޮށް ސްޕާރީ ފުޅި ވިއްކަންޏާ އެއީ މައްސަލައެކެވެ. މިއީ ސްޕާރީ ގަންނަން ބޭނުންވާ ފަރާތްތަކަށް އުފާވެރި ޚަބަރަކަށް ވެގެންދާނެއެވެ. ޖަމާލީ ސްޓޯރުން އެތެރެކުރާ ކޭޓޫ ބަބްލީ، ޒައިބް އަދި ކިސް ސްޕާރީވެސް މިހާރު ވިއްކަނީ ފުޅިފުޅީގައި ބަންދުކޮށްގެންނެވެ.

އަންނަ ޖޫން މަހުގެ ފަހުން، ކޮތަޅުގައި ބަންދުކޮށްފައި ހުންނަ ކުދި ސުޕާރީ ކޮތަޅު އެތެރެކޮށް ނުވިއްކޭތީ އޭގެ އަގު ވަނީ ބާޒާރުގައި ވަރަށް މައްޗަށް ޖެހިފަ އެވެ. ސުޕާރީއަށް ދެވިހިފާފައިވާ ރާއްޖޭގެ ޒުވާނުން ކުރިން ސުޕާރީ ގަނޑުކޮށް ގަނެއުޅެނީ ފޮށިފޮށިންނެވެ. މިހާރުގެ ޓްރެންޑާ އެއްގޮތަށް ދެން ޖަމާލީ ސްޓޯރުން ސްޕާރީ ގަނޑުކޮށްވެސް ވިއްކާނީ ހަމަ ފުޅީގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން