ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ދެޤައުމެއްގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވި ދިވެހި އަންހެނަކު ތުރުކީވިލާތުން ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭބުނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ހިނގަމުންދިޔަ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވި ދިވެހި އަންހެނަކު އޭނާގެ ހަތަރު ދަރިންނާއެކު ސީރިއާ އިން ތުރުކީއަށް ޤާނޫނާ ޚިލާފަށް އެތެރެވެ، އެ ޤައުމުގައި އުޅެމުންދަނިކޮށް ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެ ޢާއިލާ އަނބުރާ ރާއްޖެއަށް ގެނައުމަށް ހަމަޖައްސަންޖެހޭ ކަންތައްތައް ހަމަޖެއްސުމަށް ދިވެހި ފުލުހުން ތުރުކީގައި މިވަގުތު ޙަރަކާތްތެރިވަމުން ގެންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.



މި އަންހެންމީހާ އަކީ އަފްޣާނިސްތާނާއި ސީރިޔާގެ ހަނގުރާމައިގައި އުޅުނު ދިވެހި ދެ ފިރިހެނަކަށް ހަތަރު ކުދިން ލިބިފައިވާ އަންހެނެއް ކަމަށާއި، މީގެ ތެރެއިން އެންމެ ހަގު ދެކުދިން އުފަންވެފައިވަނީ ރާއްޖެއިން ބޭރުގައި ކަމަށްވާތީ އެދެކުދިންނަކީ އަންހެންމީހާގެ ކުދިންކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންބުނީ އެމީހުން އަނބުރާ ރާއްޖެއަށް ގެނެވޭ ހާލަތުގައި ހަރުދަނާ ނިޒާމެއްގެ ތެރެއިން ރިހިބިލިޓޭޓްކޮށް އަނބުރާ މުޖުތަމަޢަށް ގެންނަން ހަމަޖައްސަންޖެހޭ އިންތިޒާމްތައް މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ދަށުން ހިންގާ ނޭޝަނަލް ރިއިންޓެގްރޭޝަން ސެންޓަރާ ގުޅިގެން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި މިފަދަ ފަރާތްތައް ރާއްޖެ ގެނަސް އެމީހުންގެ މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅާނީ ފުލުހުން ކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ކަމަށް ފުލުހުން މިރޭ ނެރުނު ބަޔާނުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން