20 ދުވަސްވާންދެން އެއްވެސް ހަބަރެއްނެތިވުމަށްފަހު ނޯތު ކޮރެއާގެ ސުޕްރީމް ލީޑަރ ކިމް ޖޮންގް އުން އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންފިއެވެ.
ނޯތު ކޮރިއާގެ ރަސްމީ ސެންޓްރަލް ނިއުސް އޭޖެންސީއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސަރުކާރުގެ އިސް އޮފިޝަލުންނާއެކު ކިމް އިއްޔެ ވަނީ ޕްޔޮންގްޔާންގް ކައިރީގައި އޮންނަ ސަންޗޮންގައި ތަރައްގީކުރި ފަރޓިލައިޒާ ކާރުހާނާއެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ. މި ހަފްލާގައި ކިމްއާއިއެކު އޭނާގެ ކޮއްކޮ ކިމް ޔޯ ޖޮންގްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ކިމް އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންފައި މިވަނީ އެތައް ދުވަހަކަށްފަހުގައެވެ. އޭނާ އާންމުންގެ ތެރެއަށް ނުކުމެ ވަޑައިގެން އުޅުއްވާތަން ނުފެންނަނީ ހާލުކޮޅު ގޯސްވެގެން ކަމަށް ބައެއް ގައުމުތަކުން ބުނެފައި ވެއެވެ.
އިއްޔެ ކިމް ބައިވެރިވެ ވަޑައިގެންފައި މިވާ ހަފްލާގެ ތެރޭގައި ކިމްގެ މޫނުމަތިން ނުތަނަވަސްކަމުގެ އެއްވެސް އަސަރެއް ފެންނަން ނެތްކަން ފާހަގަކޮށް އެސޯސިއޭޓެޑް ޕްރެސް އިން ބުނީ ކިމްގެ މޫނުމަތިން ބޮޑު ހިނިތުން ވުމެއް ފެނިގެން ގޮސްފައިވާ ކަމަށެވެ. މިހަފުލާގައި އޭނާގެ ކޮއްކޮ ފަހަތްޕުޅުގައި ހުރި އިރު، ސަރުކާރުގެ އިސް އޮފިޝަލުން ވެސް އޭނާގެ ފަހަތްޕުޅުގައި މާސްކު އަޅައިގެން ހުއްޓި ތިބިކަމަށް މީޑީއާތަކުން ބުނެފައި ވެއެވެ.
ކިމް އެންމެ ފަހުން އާންމުންގެ ތެރެއިން ފެނިފައިވަނީ ނިމިދިޔަ އޭޕްރިލް މަހުގެ 11 ވަނަ ދުވަހުގައެވެ. އެއީ ކޮރޯނާވައިރަހާއި ގުޅިގެން މަޝްވަރާތަކެއް ކުރުމަށް ބޭއްވި ނޯތު ކޮރިއާގެ ވޯކިންގް ޕާޓީގެ ޖަލްސާއަކުންނެވެ. މި ޖަލްސާގެ ތެރޭގައި އޭނާގެ ކޮއްކޮއަށް އެ ޕާޓީގެ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މަގާމު ހަވާލުކޮށްފައިވާއިރު، މިއީ ކަންކަން ނިންމުމުގެ ބާރުވެރި މަގާމަކަށް ޔޯ ޖޮންގް ނެރުނު ފުރަތަމަ ފަހަރެވެ. އަދި މިކަމުގެ ސަބަބުން ސަރުކާރުގެ ތެރޭގައި އޭނާގެ ރޯލު ވަރުގަދަވެގެން ގޮސްފައިވާކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ކިމް ޖޮންގް އުންގެ ބަލި ހާލަތާއި މެދު އެންމެ ބޮޑު ސުވާލުތަކެއް އުފެދިގެން ދިޔައީ އޭޕްރިލް 15 ވަނަ ދުވަހު އޭނާގެ މަރުވެފައިވާ ކާފަ، ކިމް އިލް ސަންގް ގެ އުފަންދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާތަކުން އޭނާ ނުފެނުމުންނެވެ. މިއީ ގައުމުގައި ފާހަގަކުރާ އެންމެ ހާއްސަ އެއް ދުވަސް ކަމުގައިވާއިރު، މިފަހަރަކީ 2011 ވަނަ އަހަރު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން މިހަފްލާއިން ކިމް ފެނިފައި ނުވާ ފުރަތަމަ ފަހަރެވެ.
ކިމް ޖޮންގް އުންގެ ބަލި ހާލަތާއި މެދު ކުރެވޭ ސުވާލުތަކަށް ފިނި ޖަވާބުތަކެއް ލިބެމުން ދިޔައިރު، އަވަށްޓެރި ސައުތު ކޮރިއާއިންވެސް ވަނީ ކިމްގެ ހާލު ރަނގަޅު ކަމަށާއި، އޭނާ އާންމުންގެ ލޯމަތިން ގެއްލުނީ ކޯވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެންކަމަށް ބުނެފައެވެ. ކަމާއި ބެހޭ މާހިރުން ބުނާ ގޮތުގައި އުމުރުން 36 އަހަރުގެ ކިމްގެ ބަލި ހާލު ކުރިއަށް އޮތް މަދު އަހަރުތަކުގައި ދަށަށް ދިޔުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. މީގެ އެންމެ ބޮޑު ސަބަބަކީ އޭނާގެ ހަށިގަނޑުގެ ބަރުހެލިކަމާއި، ދުންފަތުގެ އިސްތިއުމާލު ކުރެއްވުމާއި އަދި ޒާތްޒާތުގެ ރާ ބައްލަވާ ބޭފުޅަކަށް ވުމެވެ. މީގެއިތުރުން އޭނާގެ އާއިލާއަކީ ހިތުގެ މައްސަލަތައް ގިނަ އާއިލާއެއް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު