އައިޖީއެމްއެޗްގެ އެޕިޑެމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް
އައިޖީއެމްއެޗްގެ އެޕިޑެމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް
ރާއްޖޭގައި ކޮވިޑްގެ ވޭރިއަންޓެއް އުޅޭތޯ ބަލަން ބައެއް ސާމްޕަލްތައް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް އައިޖީއެމްއެޗްގެ އެޕިޑެމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ރޭ ވިދާޅުވެއްޖެއެވެ.

ހެލްތު އިމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ އެޕިޑެމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ރާއްޖޭގައި ކޮވިޑްގެ އާ ވޭރިއަންޓެއް އުޅޭތޯ ބެލުމަށް ސާމްޕަލްތައް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށާއި، އެ ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބޭ ކަމަށެވެ.


ރާއްޖޭގައި އުޅެނީ ކޮން ވޭރިއަންޓްތަކެއް ކަން މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

"ރާއްޖޭގައި ނިއު ވޭރިއަންޓެއް އުޅޭތޯ ބަލަން މަސައްކަތްތަކެއް ކުރެވުނު ސާމްޕަލްތަށް ވާނީ ބޭރަށް ފޮނުވާފަ. ނަތީޖާ އަދި އަޅުގަނޑުމެންނާއި ހަމަޔަކަށް ނާދޭ." ޑރ. އަފްޒަލް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑްގެ ވޭރިއަންޓެއް އުޅޭތޯ ބަލަން ބައެއް ސާމްޕަލްތަށް ރާއްޖެ އިން ބޭރަށް ފޮނުވާފައިވާއިރު ކޮވިޑް ބަލި ޖެހޭ މީހުންގެ އަދަދު މި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން ވޭތުވެ ދިޔަ ސައްވީސް ގަޑިއިރުގެ ތެރޭގައި 600 އާއި ގާތްކުރާ އަދަދަކަށް މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި މުޅި ރާއްޖެއަށް މިހާރު ވަނީ ބަލި ފެތުރި ނުރައްކާ ވެފައެވެ.

ޞިއްހީ ދާއިރާގެ ބައެއް ފަރާތްތަކުން ލަފާކުރާ ގޮތުގައި ރާއްޖޭގައި އެހާ ހަލުވިކަމާއެކު ރޯގާ ފެތުރޭން ފެށީ އާ ވޭރިއަންޓްތަކެއް އުޅޭތީ ކަމަށް ވެސް ވެދާނެ ކަމަށެވެ. ދުނިޔެއިން މިހާތަނަށް ފެނިފައިވާ އާ ވޭރިއަންޓް ތަކުގެ ތެރެއިން ގިނަ ވޭރިއަންޓް ތަކަކީ ވަރަށް ހަލުއިކޮށް ފެތުރިގަންނަ ވޭރިއަންޓް ތަކެއްކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު