ކައުންސިލްތަކުން ދަތުރު ހަދައިގެން މާލެ އައިސް މިނިސްޓްރީތަކާއި ބައްދަލުކުރުމުގެ ސަގާފަތް ބަދަލު ކުރަންޖެހޭ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
ކައުންސިލްތަކަށް ޚާއްސަކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭއިން ކުރިއަށްގެންދިޔަ "ފަނޯއްލަ" ދަރުބާރުގެ މަހާސިންތާގައި ބައިވެރިން ހުށައެޅުއްވި ޕްރެޒެންޓޭޝަނާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ސަރުކާރުގެ މިނިސްޓްރީ ތަކާއި ކުންފުނިތަކާއި ބައްދަލުކުރުމަށް ވަރަށް ގިނަ ރަށު ކައުންސިލްތަކުން ދަތުރު ހަދައިގެން މާލެ އަންނަ ކަން ފާހަގަކުރެވޭ ކަމަށެވެ. އަދި މާލެއަށް ކުރާ ދަތުރުތަކަށް ކައުންސިލްތަކުގެ ބަޖެޓުން ބޮޑު ޚަރަދެއް ހިނގާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުގެ މިނިސްޓްރީ ތަކާއި ކުންފުނިތަކާ ބައްދަލުކުރުމަަށް ކައުންސިލްތަކުން މާލެ އައުމުގެ ބަދަލުގައި ޓެކްނޮލެޖީގެ އެހީގައި އޮންލައިންކޮށް އެ ބައްދަލުވުންތަށް ބޭއްވުމަށް މަޝްވަރާކޮށް އެ އިންތިޒާމް ހަމަޖެއްސިދާނެ ކަމަށެވެ. އަދި އޭރުން ކައުންސިލްތަކުގެ ބަޖެޓުން ދަތުރުތަކަށް ކުރާ ޚަރަދު ވަރަށް ބޮޑު ތަނުން ކުޑަ ކުރެވޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
"ކައުންސިލްތަކުން ހަމަ ދަތުރު ހަދައިގެން މިނިސްޓްރީ ތަކާއި ބައްދަލުކުރަން ދިޔުން އެއީ ހަމަ އަޅުގަނޑަށް ގަބޫލުކުރެވެނީ ވަރަށް މުހިންމު އޭގެ ޒާތުގައި ހަމަ ވަން ޓު ވަން ބައްދަލުކުރަންޖެހޭ ވަކި ކަހަލަ ހާއްސަ ކަންތައްތަކެއް ހިއްސާ ކުރަންޖެހޭ ޖެހުން ފިޔަވައި އެ ސަގާފަތް އަޅުގަނޑަށް ހީވަނީ ބަދަލުކުރަންޖެހޭ ހެން. ބަދަލުކޮށްގެން އަޅުގަނޑުމެންގެ ޕޮޒިޝަންގައި ކައުންސިލަރުން ކައުންސިލްތަކުގެ ޕޮޒިޝަންގައި ތިއްބަވައިގެން މަސައްކަތް ކުރެވޭނެ މާހާއުލެއް އަޅުގަނޑުމެންނަށް އުފެއްދިގެން ސްޕީޑްގައި އަވަސްވާނެ ކަމަށް ހަމަގައިމު ވެސް އަޅުގަނޑަށް ގަބޫލުކުރެވެނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ އަތޮޅު ކައުންސިލްތަކުގެ އިހްތިސާސް ވަކިކޮށް އަތޮޅު ކައުންސިލްތަކުގެ މެންޑޭޓް މިސަރުކާރުން ކަނޑައަޅާނެ ކަމަށެވެެ. މިނިސްޓަރު ވިދާޅުވީ އަތޮޅު ކައުންސިލްތަކަށްވެސް އެބާރުތައް ލިބިދިނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
އޭގެ އެންމެ ބޮޑު ބޭނުމަކަށް ވަނީ ކައުންސިލްތަކުގެ ދައުރު ފުޅާކޮށް، އާމްދަނީ އިތުރުކުރެވޭނެ މަގުތައް ފަހިކޮށްދީ ރަށްރަށާއި އަތޮޅުގެ ފުދުންތެރިކަން އިތުރުކުރުންކަން އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.
އެލް.ޖީ.އޭއާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން އުތުރުގެ އަތޮޅުތަކަށް ޚާއްސަކޮށް ކުރިއަށް ގެންދިޔަ "ފަނޯއްލަ" ދަރުބާރު ކުރިއަށްގެންދިޔައީ 2 ދުވަހުގެ މުއްދަތަކަށެވެ. މިދަރުބާރުގައި ސިޓީތަކުގެ މޭޔަރުންނާއި، އަތޮޅުތަކުގެ އަތޮޅު ކައުންސިލަރުން އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުން ވަނީ ބައިވެރިވެފައެވެ.
ފަނޯއްލަ ދަރުބާރުގެ ބޭނުމަކީ ކައުންސިލްތަކަށް ދިމާވާ ގޮންޖެހުންތައް ޙިއްސާކޮށް، ގުޅިގެން އެކަންކަމަށް ހައްލުހޯދުމަށް މަސައްކަތް ކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ބުނެއެވެ.

It is advisable for councils to explore ways to reduce travel expenses. Effective and cost-effective measures is imperative in today's environment. @lgaMaldives @MoCLPmv pic.twitter.com/Ej2zCA5772
— Adam Shareef Umar (@Adamshareefz) April 25, 2024
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުގެ މިނިސްޓްރީ ތަކާއި ކުންފުނިތަކާ ބައްދަލުކުރުމަަށް ކައުންސިލްތަކުން މާލެ އައުމުގެ ބަދަލުގައި ޓެކްނޮލެޖީގެ އެހީގައި އޮންލައިންކޮށް އެ ބައްދަލުވުންތަށް ބޭއްވުމަށް މަޝްވަރާކޮށް އެ އިންތިޒާމް ހަމަޖެއްސިދާނެ ކަމަށެވެ. އަދި އޭރުން ކައުންސިލްތަކުގެ ބަޖެޓުން ދަތުރުތަކަށް ކުރާ ޚަރަދު ވަރަށް ބޮޑު ތަނުން ކުޑަ ކުރެވޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
"ކައުންސިލްތަކުން ހަމަ ދަތުރު ހަދައިގެން މިނިސްޓްރީ ތަކާއި ބައްދަލުކުރަން ދިޔުން އެއީ ހަމަ އަޅުގަނޑަށް ގަބޫލުކުރެވެނީ ވަރަށް މުހިންމު އޭގެ ޒާތުގައި ހަމަ ވަން ޓު ވަން ބައްދަލުކުރަންޖެހޭ ވަކި ކަހަލަ ހާއްސަ ކަންތައްތަކެއް ހިއްސާ ކުރަންޖެހޭ ޖެހުން ފިޔަވައި އެ ސަގާފަތް އަޅުގަނޑަށް ހީވަނީ ބަދަލުކުރަންޖެހޭ ހެން. ބަދަލުކޮށްގެން އަޅުގަނޑުމެންގެ ޕޮޒިޝަންގައި ކައުންސިލަރުން ކައުންސިލްތަކުގެ ޕޮޒިޝަންގައި ތިއްބަވައިގެން މަސައްކަތް ކުރެވޭނެ މާހާއުލެއް އަޅުގަނޑުމެންނަށް އުފެއްދިގެން ސްޕީޑްގައި އަވަސްވާނެ ކަމަށް ހަމަގައިމު ވެސް އަޅުގަނޑަށް ގަބޫލުކުރެވެނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ އަތޮޅު ކައުންސިލްތަކުގެ އިހްތިސާސް ވަކިކޮށް އަތޮޅު ކައުންސިލްތަކުގެ މެންޑޭޓް މިސަރުކާރުން ކަނޑައަޅާނެ ކަމަށެވެެ. މިނިސްޓަރު ވިދާޅުވީ އަތޮޅު ކައުންސިލްތަކަށްވެސް އެބާރުތައް ލިބިދިނުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
އޭގެ އެންމެ ބޮޑު ބޭނުމަކަށް ވަނީ ކައުންސިލްތަކުގެ ދައުރު ފުޅާކޮށް، އާމްދަނީ އިތުރުކުރެވޭނެ މަގުތައް ފަހިކޮށްދީ ރަށްރަށާއި އަތޮޅުގެ ފުދުންތެރިކަން އިތުރުކުރުންކަން އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.
އެލް.ޖީ.އޭއާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން އުތުރުގެ އަތޮޅުތަކަށް ޚާއްސަކޮށް ކުރިއަށް ގެންދިޔަ "ފަނޯއްލަ" ދަރުބާރު ކުރިއަށްގެންދިޔައީ 2 ދުވަހުގެ މުއްދަތަކަށެވެ. މިދަރުބާރުގައި ސިޓީތަކުގެ މޭޔަރުންނާއި، އަތޮޅުތަކުގެ އަތޮޅު ކައުންސިލަރުން އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުން ވަނީ ބައިވެރިވެފައެވެ.
ފަނޯއްލަ ދަރުބާރުގެ ބޭނުމަކީ ކައުންސިލްތަކަށް ދިމާވާ ގޮންޖެހުންތައް ޙިއްސާކޮށް، ގުޅިގެން އެކަންކަމަށް ހައްލުހޯދުމަށް މަސައްކަތް ކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު