މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް، އެމްއެމްޕީއާރުސީން މެދުތެރޭ އޭޝިއާގެ ގައުމެއް ކަމަށްވާ ކަޒަކިސްތާނުގައި ރާއްޖެ އިޝްތިހާރުކުރަން މަސައްކަތް ފަށައިފި އެވެ.
އެމްއެމްޕީއާރުސީން ބުނީ އެކަމަށްޓަކައި ކަޒަކިސްތާނުގައި މިދިޔަ ބުދަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްދާ ކަޒަކިސްތާން އިންޓަނޭޝަނަލް ޓްރެވަލް ފެއާގައި ބައިވެރިވެފައިވާ ކަމަށެވެ.
އެ ފެއާގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ 17 ފަރާތަކުން ވެސް ބައިވެރިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
އެ ފެއާއަކީ 2001 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ފެއާއެއް ކަމަށާއި އަދި މިއީ އެ ސަރަހައްދުގައި ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކަށް ފައިތިލަ ސާބިތުކުރުމަށް ވަރަށް މުހިންމު ޕްލެޓްފޯމެއް ކަމަށް ވެސް ބުނެފައި ވެއެވެ.
ހަމަ އެހެންމެ އެ ފެއާއިން މެދުތެރޭ އޭޝިއާގެ ޓްރެވަލް އޭޖެންޓުންނާ ގުޅުން އުފެދި ފަތުރުވެރިކަން ފުޅާކުރެވޭނެ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެފައި ވެއެވެ.
ކަޒަކިސްތާނާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ބާއްވަމުންދާ އިރު ފުދޭ ވަރެއްގެ ގިނަ ފަތުރުވެރިން އެގައުމުން މިހާރު ވެސް ރާއްޖެއަށް އާދެއެވެ.

ކިޔުންތެރިންގެ ހިޔާލު