މާދަރީބަހަކީ އެ ޤައުމެއް ކުރިޔަށް ގެންދިޔުމުގެ ވަރަށް މުހިންމު ވާޞިތާއެއް ކަމަށް ސިޓީތަކާއި، އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވީ ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ދިވެހިބަހުގެ އެކެޑަމީން އިންތިޒާމުކޮށްގެން ރޭ އިސްލާމީ ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުންނެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ އާދަމް ޝަރީފް ދެއްކެވި ވާހަކައިގައި ދިވެހިބަހަކީ ޤައުމިއްޔަތާ، އެއްބައިވަންތަކަމާ، އެއްބައެއްވަންތަކަން ދެމެހެއްޓުމުގައި ވަރަށް ވަރުގަދަ ގުޅުމެއް ގުޅުވައިލަދޭ ވަރަށް ވަރުގަދަ ހަތިޔާރެއް ކަމަށް ވިދާޅުވިއެވެ.
މާދަރީބަހުގެ މުހިންމުކަން ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ، މި ޤައުމު ބިނާކުރަން ބޭނުންކަމުގައި ވާނަމަ، މި ޤައުމު ތަރައްޤީކުރަން ބޭނުންކަމުގައި ވާނަމަ، އަދި ޚާއްޞަގޮތެއްގައި މި ޤައުމުގެ ޤައުމިއްޔަތު ދިރުވާ އާލާކުރަން ބޭނުންކަމުގައި ވާނަމަ ދިވެހިބަސް ރައްކާތެރިކޮށް ޙިމާޔަތްކުރަންޖެހޭ ކަމަށާއި، އަދި ހަމައެހެންމެ ދިވެހިބަސް ތަރައްޤީކުރުމަށް ޓަކައި ހަމަކޮންމެހެންވެސް މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި، ބަހުގެ މާހިރުންނާއި، ޅެންވެރިންނާއި، ލިޔުންތެރިންނާއި ގިނަ ޢަދަދެއްގެ ސުކޫލުކުދިން ބައިވެރިވި މި ރަސްމިއްޔާތުގައި ދިވެހިބަހުގެ އެކެޑަމީން ތައްޔާރުކުރި "ތާނައިގައި ހުރި ނުކުތާޖެހި އަކުރުތައް ބޭނުންކުރާނެ ހަމަ،" މި ފޮތް ވަނީ ނެރެދެއްވާފައެވެ. ފޮތް ނެރެދެއްވީ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.
ދިވެހިބަހުގެ ދުވަހަކީ ކޮންމެ އަހަރެއްގެ އޭޕްރީލްމަހުގެ 14 ވަނަ ދުވަހެވެ. މި ދުވަސް ޚާއްޞަކުރެވިފައި ވަނީ ދިވެހިން މިހާތަނަށް ދުށް އެންމެ އުފެއްދުންތެރި އަދީބުކަމުގައިވާ ފަޟީލަތުއް ޝައިޚް ޙުސައިން ޞަލާޙުއްދީނަށެވެ.

ކިޔުންތެރިންގެ ހިޔާލު