މަސްތުވާތަކެތި ޑީލް ކުރުމާއި ހަށިވިއްކުމުގެ ކަންތައްތަކެއް ފުޅާދާއިރާގައި ހިންގަމުން ދިޔަ ޓެލެގްރާމް ޗެނަލްގެ މައްސަލާގައި ހައްޔަރުކުރި ދެމަފިރިންގެ ތެރެއިން އަންހެން މީހާގެ ބަންދުގެ މުއްދަތު މިއަދު ކޯޓުން އިތުރުކޮށްފިއެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވާ ދެމަފިރިންގެ ތެރެއިން އަންހެން މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ. އަދި ކޯޓުންވަނީ އިތުރު 15 ދުވަހުގެ މުއްދަތަށް އޭނާ ބަންދު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފައެވެ.

ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި އަންހެން މީހާ ވަނީ އޭނާ އަކީ ވަޒީފާއެއްގައި އުޅޭ މީހެއްކަމުން ތަހުގީގު އަވަހަށް ނިންމުމަށް އެދިފައެވެ. ނަމަވެސް، ފުލުހުންވަނީ އެ ތަހުގީގު ނިމޭނެ ދުވަހެއް ބުނަން ދަތިކަމަށް ކޯޓުގައި ބުނެފައެވެ.

ޑްރަގް ޑީލްކޮށް، ހަށިވިއްކާ އަދި އޮރިޔާންކާޑު ފެތުރުމުގެ ކުށުގައި އެ ދެމަފިރިން ހައްޔަރުކުރީ މިދިޔަ މަހުގެ 6 ވަނަ ދުވަހުއެވެ. އެ މައްސަލާގައި ފިރިހެން މީހާ އަދިވެސް ހުރީ ބަންދުގައެވެ.

އެ ދެމީހުން ހިންގި ޓެލެގްރާމް ޗެނަލްގެ ކޮންޓްރޯލް ވަނީ ފުލުހުން ހޯދާ، އެ ގުރޫޕްތައް ޑިއެކްޓިވޭޓް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން