މުދަލު ޒަކާތް ދައްކައް ޖެހޭނީ ދައުލަތަށް ކަމަށާއި، ނިކަމެއްޗަކަށް ދިނުމަކުން ނުފުދޭނެ ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުތުބާގައި ބުނެފައިވާ ގޮތުގައި މުދަލު ޒަކާތް ދިނުމަކީ ދީނުގެ މަތިވެރި ރުކުނަކަށް ވީ ނަމަވެސް، އެއާމެދު ވަރަށް ގިނަ މީހުންގެ ހޭލުންތެރިކަން ކުޑަ ކަމަށެވެ.

ހަމަ އެހެންމެ ރަމަޟާންމަހު ފިޠުރުޒަކާތް ދެއްކުމުން ފުދުނީ ކަމަށް ދެކޭ ބަޔަކުވެސް އުޅޭ ކަމަށާއި އަދި ތިމާއަކީ ބޮޑު ވިޔަފާރިވެރިއަކަށް ނުވާތީ، ތިމާ ޒަކާތް ދައްކާކަށް ނުޖެހޭނެ ކަމަށް ދެކޭ ބަޔަކުވެސް އުޅޭ ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން މުދަލުޒަކާތް، ދައުލަތަށް ދެއްކުމަށް ދެކޮޅުހަދާ ބަޔަކު ވެސް އުޅޭކަމަށާއި ޒަކާތުގެ ފައިސާ ދައުލަތާ ހަވާލުކުރުމުގެ ބަދަލުގައި، ނިކަމެއްޗަކަށް ނުވަތަ ފަޤީރަކަށް ދިނުމުން ފުދޭކަމަށް ދެކޭ ބަޔަކުވެސް އުޅޭ ކަމަށް ހުތުބާގައި ބުނެފައި ވެއެވެެ.

"އިލްމުވެރިން ވިދާޅުވާގޮތުގައި، ދައުލަތުން ޒަކާތް ނެގުމަށް ހަމަޖައްސަވާފައިވާ ރަސްމީ އިދާރާއަށް ޒަކާތް ދެއްކުމުން ޒަކާތް ދައްކާ މީހާގެ ޒިއްމާއިން ބަރީޢަވާނެއެވެ. ތާބިޢީ ބޭކަލެއް ކަމުގައިވާ އިބްރާހީމުއްނަޚަޢީ ވިދާޅުވެފައިވެއެވެ. ވެރިމީހާ ޒަކާތް ނަގައިފިނަމަ، ފަހެ، ތިބާގެ ކިބައިން އެކަމުގެ ޒިއްމާ ކެނޑިގެން ހިނގައްޖެއެވެ. ފިޤްހުވެރިން ވިދާޅުވާ ގޮތުގައި އޭގެ ސަބަބަކީ، ޒަކާތުގެ ޙައްޤުވެރިން ކަނޑައެޅުމުގެ ޝަރުޢީ އުސޫލުތަކާއި، އެއުރެންގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނީ ދައުލަތަށް ނުވަތަ ދައުލަތުން ކަނޑައަޅާފައިވާ އިދާރާއަށް ކަމުގައިވުމެވެ." މިއަދުގެ ހުތުބާގައި ބުނެފައި ވެއެވެ.



ޒަކާތްނެގުމާއި ބެހުމުގެ ހަރުދަނާ ނިޒާމެއް ދައުލަތުން ހަމަޖައްސަވާފައިވާއިރު، ޒަކާތް ދެއްކުމުގެ ޝަރުޠުތައް ފުރިހަމަވާ އެންމެހައި ފަރާތްތަކަށް ޒަކާތް ދެއްކުމަށް ވެސް މިއަދުގެ ހުތުބާގައި ގޮވާލި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން