ރައީސް ނަޝީދަށް ޙަމަލާ ދިން ސަރަޙައްދުގައި ސިފައިން ޙަރާކާތްތެރިވަނީ. (ފޮޓޯ: ޝާހް، ރަސްއޮންލައިން).
ރައީސް ނަޝީދަށް ޙަމަލާ ދިން ސަރަޙައްދުގައި ސިފައިން ޙަރާކާތްތެރިވަނީ. (ފޮޓޯ: ޝާހް، ރަސްއޮންލައިން).
ގ. ކެނެރީގޭ ކައިރީގައި މިރޭ ދިން ޙަމަލާ އަކީ ސީދާ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ނުރައްކާތެރި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، އެޕާޓީން ދެކޭ ގޮތުގައި އެހަމަލާއަކީ ސީދާ ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ފުރާނަފުޅު ދުއްވާލުމަށް ދީފައިވާ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.

އެމްޑީޕީން ވަނީ މި ނުރައްކާތެރި ޓެރަރިސްޓް ހަމަލާ މިހާރުން މިހާރަށް ތަޙްޤީޤުކޮށް އެކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. މި ހަމަލާގެ ސަބަބުން ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާއަށް މިވަގުތު އޭ.ޑީ.ކޭ އިން ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ.

އެމްޑީޕީގެ ބަޔާނުގައި ރައީސް މުޙައްމަދު ނަޝީދަށާއި، އެމަނިކުފާނުގެ ސެކިޔުރިޓީއަށް އަވަސް ޝިފާއަކަށް އެދިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން