މިރޭދިން ހަމަލާގައި ރައީސް ނަޝީދަށް ވަނީ ގިނަ ޒަޚަމްތަކެއް ލިބިފައި ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.
ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެ ކައިރިން މިރޭ އިރާކޮޅު އެމަނިކުފާނު ކާރަށް އަރާވަޑައިގަންވަނިކޮށެވެ. އަދި އެ ހާދިސާގައި ރައީސް ނަޝީދުގެ ކާރު ޑްރައިވަރަށާއި މަގުމަތިން ދިޔަ ބިދޭސީއެއް ވެސް ޒަހަމްވެފައިވެ އެވެ.
އޭޑީކޭ ހޮސްޕިޓަލުން މިރޭ ބުނީ ރައީސް މުހައްމަދު ނަޝީދު މިރޭ 8:30 ގައި އޭޑީކޭ ހޮސްޕިޓަލަށް ގެނައި އިރު ބޭރުފުށުން ގިނަ ޒަހަމްތަކެއް އެމަނިކުފާނަށް ލިބިފައިވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލްގެ ހާއްސަ މެޑިކަލް ޓީމަކުން އެމަނިކުފާނަށް ފަރުވާ ދެމުން ދާއިރު މިހާރު އެމަނިކުފާނުގެ ހާލު ރަނގަޅު ކަމަށް އޭޑީކޭއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް މިރޭ ވިދާޅުވެފައިވަނީ، ރައީސް މުޙައްމަދު ނަޝީދަށް މިރޭ ދީފައިވާ ނުރައްކާތެރި ހަމަލާ ދިވެހި ސަރުކާރުން ކުށްވެރި ކުރާ ކަމަށާއި، މި މައްސަލަ މިހާރު ދިވެހި ފުލުހުންނާއި، ސިފައިން ތަޙުޤީޤު ކުރަމުންދާ ކަމަށެވެ. އަދި، އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުން މިރޭ ބައްދަލުކުރާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް މިރޭ ހަމަލާ ދީފައިވަނީ އެމަނިކުފާނުގެ ގެކޮޅު ހުންނަ ސަރަހައްދުން ކާރުކޮޅަށް އަރާވަޑައިގެންނެވި ވަގުތުގައެވެ. ރައީސް ނަޝީދުގެ އަރިހަށް ރައީސް ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިރޭ ވަނީ ޒިޔާރަތް ކުރަށްވާފައެވެ.

President Mohamed Nasheed was brought to the hospital with multiple injuries today at 20:30hrs. He is currently being treated by a multi speciality medical team. His vitals are currently stable. We will update further.
— ADK Hospital (@ADKHospital) May 6, 2021
މީގެ އިތުރުން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް މިރޭ ވިދާޅުވެފައިވަނީ، ރައީސް މުޙައްމަދު ނަޝީދަށް މިރޭ ދީފައިވާ ނުރައްކާތެރި ހަމަލާ ދިވެހި ސަރުކާރުން ކުށްވެރި ކުރާ ކަމަށާއި، މި މައްސަލަ މިހާރު ދިވެހި ފުލުހުންނާއި، ސިފައިން ތަޙުޤީޤު ކުރަމުންދާ ކަމަށެވެ. އަދި، އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުން މިރޭ ބައްދަލުކުރާނެ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް މިރޭ ހަމަލާ ދީފައިވަނީ އެމަނިކުފާނުގެ ގެކޮޅު ހުންނަ ސަރަހައްދުން ކާރުކޮޅަށް އަރާވަޑައިގެންނެވި ވަގުތުގައެވެ. ރައީސް ނަޝީދުގެ އަރިހަށް ރައީސް ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިރޭ ވަނީ ޒިޔާރަތް ކުރަށްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު