ނީލޯފަރުމަގުގައި މިރޭ އެއްޗެއް ގޮއްވާލި ސަރަޙައްދު
ނީލޯފަރުމަގުގައި މިރޭ އެއްޗެއް ގޮއްވާލި ސަރަޙައްދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ޓެރަރިސްޓް ޙަމަލާ އާއި ގުޅިގެން ސަލާމަތީ ޚިދުމަތްތަކުގެ އެލަރޓް ލެވަލް މަތިކޮށްފިއެވެ.

ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެ ކައިރިން މިރޭ އިރާކޮޅު އެމަނިކުފާނު ކާރަށް އަރާވަޑައިގަންވަނިކޮށެވެ. އަދި އެ ހާދިސާގައި ރައީސް ނަޝީދުގެ ކާރު ޑްރައިވަރަށާއި، ބޮޑީގާޑެއްގެ އިތުރުން މަގުމަތިން ދިޔަ ބިދޭސީއެއް ވެސް ޒަހަމްވެފައިވެ އެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، މިރޭ ހިނގި ހާދިސާއާ ގުޅިގެން ފުލުހުންގެ ހިދުމަތުގެ އެލާޓް ލެވެލް، ލެވެލް 3 އަށް މަތިކޮަށް ބޮޑު އިސްކަމެއްދީގެން ތަހުގީގުގެ މަސައްކަތް ވަނީ ފަށައިފައިވާ ކަމަށެވެ.



އެމްއެންޑީއެފުން މިރޭ ބުނެފައިވަނީ އެ ޙަމަލާއާއި ގުޅިގެން އެމްއެންޑީއެފްގެ ސެކިއުރިޓީ ވަރުގަދަކޮށް އެލަރޓް ސްޓޭޓަސް ވަނީ މަތިކޮށްފައި ކަމަށެވެ. އަދި މި ޙަމަލާގައި އެމްއެންޑީއެފްގެ ތިން ބޭފުޅަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެ ހާދިސާގައި އަނިޔާވި ސިފައިންގެ 3 މީހުންގެ ތެރެއިން އައިޖީއެމްއެޗަށް ގެންދިޔަ ސިފައިންގެ މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށާއި، އެމީހާ އައިޖީއެމްއެޗަށް ގެންދިޔައީ ކަންފަތަށް ތަދުވާތީ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އޭގެ އިތުރުން އޭޑީކޭއަށް ގެންދިޔަ 2 ސިފައިންނަށް ފަރުވާދެމުންދާ ކަމަށާއި، އެ 2 ސިފައިންގެ ހަށިގަނޑުގެ ބައެއް ތަންތަނަށް ކުދި އަނިޔާ ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.



ރައީސް ނަޝީދަށް އަމާޒުކޮށް މިރޭ ހަމަލާ ދީފައިވަނީ އެމަނިކުފާނުގެ ގެކޮޅު ހުންނަ ސަރަހައްދުން ކާރުކޮޅަށް އަރާވަޑައިގެންނެވި ވަގުތުގައެވެ. ރައީސް ނަޝީދުގެ އަރިހަށް ރައީސް ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިރޭ ވަނީ ޒިޔާރަތް ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން