ރައީސް ނަޝީދަށް ޙަމަލާ ދިން ސަރަޙައްދު
ރައީސް ނަޝީދަށް ޙަމަލާ ދިން ސަރަޙައްދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ޓެރަރިސްޓް ހަމަލާ އދ އިން ކުށްވެރިކޮށްފިއެވެ.

ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެ ކައިރިން މިރޭ އިރާކޮޅު އެމަނިކުފާނު ކާރަށް އަރާވަޑައިގަންވަނިކޮށެވެ. އަދި އެ ހާދިސާގައި ރައީސް ނަޝީދުގެ ކާރު ޑްރައިވަރަށާއި، 2 ބޮޑީގާޑެއްގެ އިތުރުން މަގުމަތިން ދިޔަ ބިދޭސީއެއް ވެސް ޒަހަމްވެފައިވެ އެވެ.

ރާއްޖޭގައި ހުންނަ އ.ދ ގެ އޮފީހުން ކުރި ޓްވީޓެއްގައި ބުނީ އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ރައީސް ނަޝީދަށް އަވަސް ޝިފާއަކަށް އެދޭ ކަމަށެވެ. އަދި ސުލްހަވެރި މުޖުތަމައެއް ބިނާކުރުމަށް ދިވެހި ރައްޔިތުންނާއެކު އދ ދެމި އޮންނާނެ ކަމަށް ވެސް އެ ޓްވީޓްގައި ބުނެފައިވެއެވެ.



ރައީސް މުޙައްމަދު ނަޝީދަށް މިރޭ ދީފައިވާ ނުރައްކާތެރި ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުން މިރޭ ބައްދަލުކުރާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއެއްވެސް މިރޭ ވަނީ ބާއްވާފައެވެ.

މީގެ އިތުރުން ރާއްޖޭގެ ކުރީގެ ރައީސުންނާއި ސިޔާސީޕާޓީ ތަކާއި، ސިޔާސީ އިސް ފަރާތްތަކުންވެސް ވަނީ މި ޙަމަލާ ކުށްވެރިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން