ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރު އޮޕަރޭޝަންތަކެއް ކުރަން ނިންމާފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.
ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެ ކައިރިން މިރޭ އިރާކޮޅު އެމަނިކުފާނު ކާރަށް އަރާވަޑައިގަންވަނިކޮށެވެ. އަދި އެ ހާދިސާގައި ރައީސް ނަޝީދުގެ ކާރު ޑްރައިވަރަށާއި، 2 ބޮޑީގާޑެއްގެ އިތުރުން މަގުމަތިން ދިޔަ ބިދޭސީއެއް ވެސް ޒަހަމްވެފައިވެ އެވެ.
އޭޑީކޭ ހޮސްޕިޓަލުން މިރޭ ބުނީ ރައީސް މުހައްމަދު ނަޝީދު މިރޭ 8:30 ގައި އޭޑީކޭ ހޮސްޕިޓަލަށް ގެނައި އިރު ބޭރުފުށުން ގިނަ ޒަހަމްތަކެއް އެމަނިކުފާނަށް ލިބިފައިވާ ކަމަށެވެ. އަދި އެމަނިކުފާނަށް ފަރުވާ ދިނުމަށް ޑޮކްޓަރުންްގެ ހާއްސަ ޓީމެއް އެކުލަވާލާފައިވާއިރު އެ ޓީމާ ހަވާލާދީ އޭޑީކޭއިން ދެންމެ ބުނީ ރައީސް ނަޝީދުގެ އިތުރު އޮޕަރޭޝަންތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި އެކަމަށް މިހާރު ތައްޔާރުވަމުންދާ ކަމަށް އޭޑީކޭއިން ވަނީ ބުނެފައެވެ.
ރައީސް މުޙައްމަދު ނަޝީދަށް މިރޭ ދީފައިވާ ނުރައްކާތެރި ހަމަލާ އދ އާއި ދިވެހި ސަރުކާރުން ކުށްވެރި ކޮށްފައިވާރިރު، މި މައްސަލަ މިހާރު ދިވެހި ފުލުހުންނާއި، ސިފައިން ދަނީ ތަޙުޤީޤު ކުރަމުންނެވެ. އަދި، އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުން މިރޭ ބައްދަލުކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއެއްވެސް މިވަގުތު ކުރިއަށް އެބަ ދެއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް މިރޭ ހަމަލާ ދީފައިވަނީ އެމަނިކުފާނުގެ ގެކޮޅު ހުންނަ ސަރަހައްދުން ކާރުކޮޅަށް އަރާވަޑައިގެންނެވި ވަގުތުގައެވެ. ރައީސް ނަޝީދުގެ އަރިހަށް ރައީސް ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިރޭ ވަނީ ޒިޔާރަތް ކުރަށްވާފައެވެ.

During ongoing assessment of injuries , need for further surgeries identified. Specialist teams are proceeding with the required essential surgeries.
— ADK Hospital (@ADKHospital) May 6, 2021
ރައީސް މުޙައްމަދު ނަޝީދަށް މިރޭ ދީފައިވާ ނުރައްކާތެރި ހަމަލާ އދ އާއި ދިވެހި ސަރުކާރުން ކުށްވެރި ކޮށްފައިވާރިރު، މި މައްސަލަ މިހާރު ދިވެހި ފުލުހުންނާއި، ސިފައިން ދަނީ ތަޙުޤީޤު ކުރަމުންނެވެ. އަދި، އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުން މިރޭ ބައްދަލުކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއެއްވެސް މިވަގުތު ކުރިއަށް އެބަ ދެއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް މިރޭ ހަމަލާ ދީފައިވަނީ އެމަނިކުފާނުގެ ގެކޮޅު ހުންނަ ސަރަހައްދުން ކާރުކޮޅަށް އަރާވަޑައިގެންނެވި ވަގުތުގައެވެ. ރައީސް ނަޝީދުގެ އަރިހަށް ރައީސް ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިރޭ ވަނީ ޒިޔާރަތް ކުރަށްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު