ރޭ މާލޭގައި ޓެރަރިސްޓް ޙަމަލާއެއް ދިން ނީލޯފަރުމަގުގައި ޕާކް ނުކުރެވޭ ގޮތް ހެދުމަށް މާލޭ ސިޓީ ކައުންސިލުން އެދުމުން ހައުސިން މިނިސްޓްރީން އެކަމަށް އަޅާ ނުލިކަން ހާމަވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލުން ޕްލޭނިން މިނިސްޓްރީއަށް މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިހާރު ދިރިއުޅުއްވަމުން ގެންދަވާ ގެކޮޅު ކަމުގައިވާ ގ. ކެނަރީގެ ހުންނަ ނީލޯފަރު މަގަކީ ހަނި ގޯޅިއަކަށް ވުމާއި، އެ ގޯޅީގެ އެއްފަރާތުގައި ސައިކަލް ޕާކުކޮށްފައި ހުރުމުގެ ސަބަބުން އެ މަނިކުފާނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް ދަތިވާކަމަށް ޑިފެންސް މިނިސްޓްރީން އެ އިދާރާއަށް އަންގާފައިވާކަމަށް ބުނެފައެވެ.
އަދި ނީލޯފަރު މަގަކީ ވެހިކަލް ޕާކު ނުކުރެވޭ މަގަކަށް ބަދަލުކުރުމަށްޓަކައި އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ވެހިކަލްތައް ޕާކުކުރުމަށް ޖާގައެއް ހަމަޖައްސައި ދިނުމަށް މާލޭ ސިޓީ ކައުންސިލްގެ ސިޓީގައި ޕްލޭނިން މިނިސްޓްރީގައި އެދިފައިވެއެވެ.
އަދި އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ވެހިކަލްތައް ޕާކު ކުރުމަށް މިވަގުތު ޖާގައެއް ހެދުމަށް އެންމެ އެކަށޭނަ ޖާގައެއްގެ ގޮތުގައި ބެލެވެނީ ބިއްލޫރި ޖެހިގެއިން ކަމުގައި ވާތީ އެ ސަރަހައްދުގައި ޕާކިން ޒޯނެއް ހެދުމުގެ ހުއްދަ ދިނުމަށް ވެސް މާލޭ ސިޓީ ކައުންސިލުގެ ސިޓީގައި އެދިފައިވެއެވެ.
މާލޭ ސިޓީކައުންސިލްގެ ސިޓީ ސޯޝަލް މީޑިއާގައި މިހާރު ޢާއްމު ވެފައި ވާއިރު އެ ސިޓީއަށް ހައުސިންގ މިނިސްޓްރީން އަޅާނުލައި އޮތުމަކީ އެ މިނިސްޓްރީގެ އިހުމާލެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މާލޭގެ ނީލޯފަރުމަގުގައި ރޭ 8:30 ހާއިރު ބާރުގަދަ އެއްޗެއް ގޮވައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާކުރުމަށް ކުރި އޮޕަރޭޝަނަށް 16 ގަޑިއިރު ހޭދަވެފައިވާއިރު، އެމަނިކުފާނުގެ ހާލުކޮޅު ގޯސްކަމުން، އޮންނެވީ އައިސީޔޫގައި ކަމަށް އެމަނިކުފާނަށް ފަރުވާދެމުންދާ އޭޑިކޭ ހޮސްޕިޓަލުން މިއަދު ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު