ރައީސް ނަޝީދަށް ޙަމަލާ ދިން ސަރަޙައްދު
ރައީސް ނަޝީދަށް ޙަމަލާ ދިން ސަރަޙައްދު
ރައީސް ނަޝީދަށް އަމާޒުކޮށް ޓެރަރިޒަމްގެ ހަމަލާ ދިން މީހުންގެ ފަހަތުން ޔުނިފޯމް އެޅި މީހުން ދާނެ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ދިފާޢީ ވަޒީރު މާރިޔާ ވިދާޅުވީ، ރައީސް ނަޝީދަށް ޙަމަލާ ދީ ރައްޔިތުން ބިރުގެންނެވުމަށްފަހު ޓެރަރިސްޓުންނަށް ހަމަޖެހިގެން ނުތިބެވޭނެ ކަމަށާއި، އެމީހުންގެ ފަހަތުން ޔުނިފޯމް އެޅި އޮފިސަރުން ދާނެ ކަމަށެވެ. އަދި އެކަމަށް ވިސްނައިގެން ތިބުމަށް މާރިޔާ ވަނީ އެފަރާތްތަކަށް އިންޒާރު ކުރަށްވާފައެވެ.

މާރިޔާ ވިދާޅުވީ ރޭގެ ޓެރަރިސްޓް ހަމަލާއިން އެނގެނީ އެއްވެސް މީހަކަށް ރައްކާތެރިކަން ނެތްކަންކަމަށާއި، މިކަމާގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ އަވަހަށް ކައުންޓަރ ޓެރަރިޒަމް ސެންޓަރަށް ގުޅުމަށް އިލްތިމާސް ކުރަށްވާކަމަށެވެ. އަދި ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށް އެއްވެސް ޓެރަރިސްޓަކަށް ފުރުސަތު ނުދޭނެ ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި ރައީސް މުޙައްމަދު ނަޝީދަށް ޙަމަލާދިނީ ފިނޑި ބައެއްކަމަށްވެސް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވަނީ ވިދާޅުވެފައެވެ.

މާރިޔާ ވިދާޅުވީ، ރައީސް ނަޝީދުގެ ސެކިއުރިޓީ ބެލެހެއްޓެވި އޮފިސަރުން ޢަމަލު ކުރެއްވީ ވަރަށް ފުރިހަމައަށް ކަމަށާއި، ޙާދިސާ ހިނގިތާ އަށެއްކަ މިނެޓްގެ ތެރޭގައި ރައީސް ނަޝީދު ހޮސްޕިޓަލަށް ގެންދެވުމަކީ އެމަނިކުފާނުގެ ސެކިއުރިޓީ ޓީމުގެ ޤާބިލުކަން ހާމަވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން