ޓެރަރިޒަމަށް ހިތްވަރުދޭ މީހުންނަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، ޓެރަރިޒަމަށް ހިތްވަރުދީ، ރައީސް ނަޝީދަށް ޓެރަރިޒަމްގެ ހަމަލާ ދިން ބައިވެރިންނަށް ހަމްދަރުދީ ފާޅުކޮށް ސޯޝަލް މީޑިއާގައި އެކި ކޮމަންޓުކުރާ މީހުންގެ މައްސަލަ ބަލާ ފިޔަވަޅު އަޅާނެ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީޕީ ރިޔާޒް މިއަދު ވިދާޅުވީ، އެބާވަތުގެ ޓެރަރިޒަމަށް އެއްވެސް ޕްލެޓްފޯމެއްގައި ތާއީދުކުރުމަކީ ގާނޫނީ ކުށެއް ކަމަށާއި، އެ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅެން އޮތް ފިޔަވަޅެއް އަޅާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޙަމަލާގެ ތަހުގީގުގެ ސްކޯޕް އޮތީ މީގައި ހިމެނޭ ހުރިހާ އެންމެން ވެސް ހައްޔަރުކޮށްގެން ޝަރީއަތަށް ފޮނުވުމަށް ކަމަށާއި، މިހާރު ހައްޔަރުކޮށްފައިވާ ތިން މީހުންނަށް ވުރެ ފުޅާކޮށް، މީގައި ބައިވެރިވި އެންމެން ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
"މީގައި ހިމެނޭނީ އެންމެ ތިން ހަތަރު މީހުންނެއް ނޫން. މިއަށް ވުރެ ބޭރަށް އަޅުގަނޑުމެން ތަހުގީގު ހިންގާނަން." ކޮމިޝަނަރ ޙަމީދު މިއަދު ވިދާޅުވިއެވެ.
މާލޭގެ ނީލޯފަރުހިނގުމުގައި ރައީސް ނަޝީދުގެ ޢާއިލީ ގެކޮޅު ކަމަށްވާ ގ. ކެނެރީގެ ކައިރީގައި މިމަހުގެ 6 ވަނަ ދުވަހުގެރޭ 8:27 ހާއިރު ބާރުގަދަ އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ގޮއްވާލައިގެން ދިން ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާއިރު އޭޑީކޭގައި ކުރި އޮޕަރޭޝަން ތަކަށް 16 ގަޑިއިރު ވަނީ ހޭދަވެފައެވެ. އެހަމަލާގައި ރައީސް ނަޝީދަށް ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގެންނެވިއެވެ. ރައީސް ނަޝީދަށް ލިބިފައިވާ އަނިޔާތަކާ ބެހޭގޮތުން އޭޑީކޭއިން ބުނީ، އެމަނިކުފާނުގެ ފުރާނަ ސަލާމަތް ކުރުމަށް ނުރައްކާތެރި ސާޖަރީތަކެއް ހަދަން ޖެހުނު ކަމަށެވެ.
ރައީސް ނަޝީދުގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން އޭޑީކޭ އިން އިއްޔެ ބުނީ ރައީސް ނަޝީދަށް މިހާރު އަމިއްލަފުޅަށް ނޭވާލެވޭތީ ވެންޓިިލޭޓަރު މިހާރު ނައްޓާލެވިފައިވާ ކަމަށާއި އަދި ބްލަޑް ޕްރެޝަރު ބޭސް ވެސް މިހާރު ހުއްޓާލެވިފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ހާލު މިހާރު ސްޓޭބަލް ކަމަށް ވެސް ޑޮކްޓަރުން މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު