ޓެރަރިސްޓް ޙަމަލާގައި ހައްޔަރުކުރި ތިން މީހުން
ޓެރަރިސްޓް ޙަމަލާގައި ހައްޔަރުކުރި ތިން މީހުން
ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ޓެރަރިސްޓް ޙަމަލާދިނުމުގައި ބައިވެރިވި މީހުންގެ ތެރެއިން ފުލުހުން ހައްޔަރުކޮށްފައިވާ ތިން މީހުންގެ މުއްދަތު ޖަހައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މި މައްސަލާގައި ހައްޔަރު ކޮށްފައިވާ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ޙާޟިރު ކުރުމުން އެމީހުންގެ ބަންދަށް 15 ދުވަސް ޖަހާދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ ޓެރަރިޒަމްގެ ހަމަލާގައި ހައްޔަރު ކުރެވުނު ތިން މީހުންނަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށާއި، އެ މީހުންނަކީ ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށެވެ. އެ މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ، އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު 26އ، މުޖާޒު އަހުމަދު، މއ. ފޭރުގެ 21އ. އާއި ތަހުމީން އަހުމަދު ފޮޅޭމާ، ގއ. ކޮނޑޭ، 32އ. އެވެ.

ފުލުހުން މިއަދު ބޭއްވި ޕްރެސްގައި ފުލުުހުން ވަނީ މިހާދިސާގައި ބޭނުންކޮށްފައިވާ އައިއީޑީވެސް ވަނީ ދައްކާލާފައެވެ. ފުލުހުން ވިދާޅުވީ މި އައިއީޑީ ގޮއްވާލާފައިވަނީ ރިމޯޓެއް ބޭނުންކޮށްގެން ކަމަށެވެ. އަދި އައިއީޑީ ހަދާފައިވަނީ އާންމުކޮށް އޯޑަރުކޮށްގެންވެސް ލިބޭ ބައެއް އާލާތްތައް ބޭނުންކޮށްގެން ކަމަށާއި، އޭގެ ތެރޭ ލޭޒާ އޮއްވެސް ހިމެނޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.




ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން