ކުރީގެ ރައީސް މުޙައްމަދު ނަޝީދު (ކ) އައްޑޫ ސިޓީގެ އިންތިޚާބީ މޭޔަރ ޢަލީ ނިޒާރު (ވ)
ކުރީގެ ރައީސް މުޙައްމަދު ނަޝީދު (ކ) އައްޑޫ ސިޓީގެ އިންތިޚާބީ މޭޔަރ ޢަލީ ނިޒާރު (ވ)
ދީނީ ޢިލްމުވެރިންނަށް ހަޖޫ ނުޖެހުމަށް އައްޑޫ ސިޓީގެ އިންތިޚާބީ މޭޔަރ ޢަލީ ނިޒާރު ގޮވާލައްވައިފިއެވެ.

މި މެއި މަހުގެ 6 ވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވާ މީހުންނަކީ ދީނީގޮތުން ހަރުކަށި ވިސްނުން ގެންގުޅޭ ބައެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން ބައެއް ދީނީ ޢިލްމުވެރިންނަށް އަމާޒުކޮށް ހަރުކަށި ފިކުރު ފަތުރާކަމުގެ ތުހުމަތު ޢާއްމުން ދަނީ ކުރަމުންނެވެ.

ޢިލްމުވެރިންނަށް ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އިންތިޚާބީ މޭޔަރު ޢަލީ ނިޒާރު ވިދާޅުވީ ދީނީ އިލްމުވެރިންނާއި ހަރުކަށި ވިސްނުމާއި ގުޅުވައިގެން މި ނާޒުކު ވަގުތުގެ ފައިދާ ނަގައި، އިލްމުވެރިންނަށް ހަޖޫ ޖެހުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

"އިސްލާމްދީނުގެ މަތިވެރި ނޫރު އެއީ ދިވެހިންގެ ނަސީބު. ސުލްހަ އާއި އަމާންކަން އަދި ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް އޮތް ހަމައެކަނި ހައްލު." ޢަލީ ނިޒާރު ވިދާޅުވިއެވެ.



ރައީސް ނަޝީދަށް ޙަމަލާދިން މައްސަލާގައި ހައްޔަރު ކޮށްފައިވާ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ޙާޟިރު ކުރުމުން އެމީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހާދީފައެވެ. ނަމަވެސް ބަންދުގެ މަޖިލީހުގައި އެމީހުން ބުނެފައިވަނީ އެހަމަލާއާއި އެމީހުންނާ ގުޅުމެއް ނެތް ކަމަށެވެ.

ޓެރަރިޒަމްގެ ހަމަލާގައި ހައްޔަރު ކުރި ތިން މީހުންނަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށާއި، އެ މީހުންނަކީ ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު 26އ، އާއި، މުޖާޒު އަހުމަދު، މއ. ފޭރުގެ 21އ. އާއި، ތަހުމީން އަހުމަދު ފޮޅޭމާ، ގއ. ކޮނޑޭ، 32އ. އެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ކިނބޫ

12-May-2021

މާޝާﷲ! މީނާ ސޯލިހު ވެއްޖެ ކަމަށް ހީކުރަން!



ޓްރެންޑިން