ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު
ޓެރަރިސްޓް ޙަމަލާއެއްގެ އިންޒާރާއެކު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.

މި ޙަމަލާ ދޭން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފަށް ރޭގެ ވަގުތެއްގައި ލިބުމާއި ގުޅިގެން ވީއައިއޭގެ ސެކިއުރިޓީ ވަނީ ރެއިން ފެށިގެން މަތި ކޮށްފައެވެ. މިގޮތުން ފުލުހުން އެއާޕޯޓުގެ ބޭރުގައި ހަރަކާތްތެރިވަމުންދާއިރު ސިފައިން ދަނީ ހަތިޔާރާއެކު އެއާޕޯޓުގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެއާޕޯޓަށް ދާ ފަރާތްތަކުގެ ސައިކަލުތަކާއި ކާރުތައްވެސް ފުލުހުުން ދަނީ ޗެކް ކުރަމުންނެވެ. އަދި ރާއްޖޭގެ ބައެއް ރަށްރަށުގައިވެސް ސިފައިން ދަނީ ހަތިޔާރާއެކު ފޯރި މަރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން މާލޭގެ ސެކިއުރިޓީ ވަރުގަދަކޮށް ހަތިޔާރާއި އެކު ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ސިފައިންގެ އެލާޓް ލެވަލް ވެސް ވަނީ އެންމެ މަތީ ލެވަލް، "އެމްބާ" އަށް ބަދަލުކޮށްފަ އެވެ.

މިކަމާގުޅޭ ގޮތުން އެމްއެންޑީއެފުން ބުނީ ރެއިން ފެށިގެން އެއާޕޯޓްގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވަނީ ލިބުނު މައުލޫމާތަކާއި ގުޅިގެންނެވެ. އެހެން ނަމަވެސް ލިބިފައިވަނީ ކޮން ބާވަތެއްގެ މައުލޫމާތެއް ކަމެއް އެމްއެންޑީއެފްއިން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން