ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު (ކ) އާއި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު (ކ) އާއި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ
ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ އިސްތިޢުފާ ދެއްވުމަށް ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު ގޮވާލައްވައިފިއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ޙަމަލާއެއްދޭން، ބަޔަކު ރާވަމުން ގެންދާކަމަށް ލިބިފައިވާ މަޢުލޫމާތު ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާއި ޙިއްސާކުރެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް މިއަދު ވިދާޅުވުމާ ގުޅިގެން އެކަމުގައި އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިއުން މާރިޔާއަށް ވަނީ އަމާޒުވެފައެވެ.

ރައީސް ނަޝީދަށް ނުރައްކާ އޮތްކަން އޮވެ ފިޔަވަޅެއް އަޅާފައި ނުވާތީ، އުމަރު މިރޭ ވިދާޅުވީ މިނިސްޓަރ މާރިޔާއަށް މައުލޫމާތު ލިބި އެކަމަށް ފިޔަވަޅު ނާޅުއްވާ އޮއްވާ، ރައީސް ނަޝީދަށް ހަމަލާއެއް ދިނުމަކީ މިނިސްޓަރުގެ ވަރަށް ބޮޑު އިހުމާލެއް ކަމަށާއި މިއީ އެކަމަނާ ވަގުތުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމެއް ކަމަށެވެ. އަދި މިފަދަ ސީރިއަސް އިހުމާލު ތަކުގައި ޒިންމާ ނުނަންގަވާ ރެކެވޭނެ އެއްވެސް ގޮތެއް އޮވެގެން ނުވާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

"3 މިލިއަން ޑޮލަރު ހުށަހަޅައިގެން މިފަދަ ނުރައްކާތެރި ކަމެއް ރާވާ ކަމުގެ މަޢުލޫމާތު މަޖްލިސް ގެ މެންބަރަކު މިނިސްޓަރ މާރިޔާއަށް ފޯރުކޮށް ދިނުމުން އެކަން ފުލުހުންނަށް އެންގުމަކީ މިނިސްޓަރ މާރިޔާގެ ޤާނޫނީ ޒިންމާއެއް. އިސްތިއުފާ ދެއްވާ." އުމަރު ވިދާޅުވިއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވާކަމުގެ މަޢުލޫމާތު އާންމުންގެ މީހެއްގެ ފަރާތުން ލިބުމާގުޅިގެން، އެ މަޢުލޫމާތު ވަގުތުން ރައީސް ނަޝީދަށް ޙިއްސާކޮށް، ރައީސް ނަޝީދުގެ އިރުޝާދާއެކު، އެމަޢުލޫމާތު ޑިފެންސް މިނިސްޓަރަށް ހިއްސާކުރެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ޙަމަލާއެއް ދޭން އުޅޭ ކަމުގެ މަޢުލޫމާތު މިނިސްޓަރ މާރިޔާއަށް ޙިއްސާކޮށްފައިވީ ނަމަވެސް ރައީސް ނަޝީދަށް ދިން ހަމަލާގެ އިންޓެލިޖެންސް އެއްވެސް މައުލޫމާތެއް އެމްއެންޑީއެފާއި ފުލުހުންނަށް ލިބިފައިނުވާ ކަމަށް އެ ދެމުވައްސަސާ އިން ވެސް ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން