އެސްޓީއޯ އީ-ސްޓޯރުން މިމަހުގެ އެއްވަނަ ދުވަހާ ހަމައަށް 5،000 ވިޔަފާރިކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެސްޓީއޯ އިން ކޮށްފައިވާ ޓްވީޓެއްގައެވެ. އެސްޓީއޯ އިން އީ-ސްޓޯރުގެ ހިދުމަތް ފެށީ ޢާއްމު ރައްޔިތުން ފިހާރައަށް ނުގޮސް ގޭގައި ތިބެގެން ވިޔަފާރި ކުރެވޭނެ ގޮތް ތަނަވަސް ކުރުމަށެވެ. މާލެ ސަރަހައްދުގައި ކޯވިޑް-19 ފެތުރެން ފެށުމުން އެންމެ ގިނަ ބަޔަކު ބޭނުންކުރި އެއް ވަސީލަތަކަށްވީ އެސްޓީއޯގެ އީ-ސްޓޯރެވެ.
އެސްޓީއޯ އިން މިހާރު ވަނީ ކޮންމެ ދުވަހަކު ނަގާ އޯޑަރުގެ އަދަދު 300 އަށް ލިމިޓް ކޮށްފައެވެ. ކޮންމެ ދުވަހަކުވެސް ނަގާ އޯޑަރުތައް 24 ގަޑިއިރުގެ ތެރޭގައި ޑެލިވަރީ ކޮށްދެއެވެ.
އެސްޓީއޯ އިން ވަނީ އޯޑަރު ކުރާއިރު ހަފުތާ އަކަށް ވާވަރަށް ތަކެތި ގަތުމަށް އެދިފައެވެ. އެސްޓީއޯ މިގޮތަށް އެދިފައިވަނީ ވަކި އަދަދެއް ކަނޑައަޅައިގެން އޯޑަރު ނަގާއިރު ވީހާ ވެސް ގިނަ ކަސްޓަމަރުންނަށް ހިދުމަތް ދެވޭނީ އެފަދަ ގޮތަކަށް އަމަލުކުރުމުން ކަމަށް ވާތީއެވެ.
އެސްޓީއޯ އީ-ސްޓޯރުން ހަނޑޫ، ހަކުރު، ފުށުގެ އިތުރުން ބިހާއި އަލުވި، މުގު އަދި ކުޑަކުދިންގެ ކާނާ އާއި ނެޕީ ފަދަ ޒަރޫރީ ބާވަތްތައް ލިބެން ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު