ކޮރޯނާވައިރަސްގެ ބަލާއާފާތުގެ ސަބަބުން މާލެއަށް މިހާރު ވެރިވެފައި މިވާ ހަމަހިމޭން ކަމުގެ ކުރިން، މާލޭގެ އެންމެ ކާރޫބާރު ބޮޑު އެއް ސަރަހައްދަކީ މަޝްހޫރު ރަސްމީ ބޮޑުފާލަން ހިމެނޭ ސަރަހައްދެވެ. މި ހަމަހިމޭން ކަމުގައި މިރޭ އެސަރަހައްދުން ފެނިގެން ގޮސްފައިވަނީ މީގެކުރިން މާލެއިން ފެނިފައި ނުވާފަދަ އާދަޔާ ޚިލާފު ނަލަ މަންޒަރެކެވެ.
މާލޭގެ ޖުމްހޫރީމައިދާން ސަރަހައްދުގެ ކުރިމަތީ ތޮށިގަނޑު މައްޗަށް ތިރިކޮށްލައިގެން ތިބެ އެތަނުގައި މިރޭ ރަސްކަން ކުރަމުން ގެންދިޔައީ މާކަނާ ތަކެކެވެ. އެއްވެސް މީހެއްގެވެސް އަދި ދުއްވާއެއްޗެއްގެވެސް އުނދަގުލެއް ނެތި މިރޭ މާކަނާތައް ތިރިކޮށްލައިގެން ތިބި މިމަންޒަރަކީ މީގެކުރިން މިއިން ދުވަހަކު މާލެއިން ފެނިފައިވާ މަންޒަރެއް ނޫނެވެ. މާލޭގެ އެންމެން ލޮކްޑައުންގައި ތިބި އިރު އެސޮރުމެން ޖައްސާލައިގެން ތިބީ ވަރަށް މިނިވަންކަމާއި އެކުގައެވެ.
ކޯވިޑް-19 ގެ ރޯގާ ބަލިމަޑުކަން މާލޭގައި ފެތުރެން ފެށުމާއެކު މާލެސިޓީގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށް މާލެ ސިޓީ ވަނީ ލޮކްޑައުން ކޮށްފައެވެ. ބެލެވޭ ގޮތުގައި އާންމުކޮށް ފަޅު ރަށްރަށާއި ފިނޮޅު ފަދަ ހަމަހިމޭން މާހައުލުތަކުގައި ދިރިއުޅެމުން ގެންދާ މިފަދަ ދޫނިސޫފާސޫފި މާލެއަށް އަރަން މިފެށީ އެސޮރުމެންނަށް އެފަދަ އިހުސާސް ތަކެއް ކުރެވިގެންނެވެ.
ކޯވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެހެން ލޮކްޑައުން ކޮށްފައިވާއިރު ބައެއް ގައުމުތަކުގެ މަގުތަކުންނާއި އާންމުން ނުކުމެއުޅޭ ސަރަހައްދުތަކުން މިފަދަ މަންޒަރުތައް ދަނީ ފެންނަމުންނެވެ. އަދި ބައެއް ގައުމު ތަކުގެ މަގުތަކުން ވަލުޖަނަވާރުވެސް ފެންނަމުންދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު