ރައީސް ޔާމީންގެ ޝަރީޢަތްތައް ފަސްކޮށް ދިނުމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.
ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ފަރާތުން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދަޢުވާއެއްގެ އަޑުއެހުން މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވާ ކަމަށެވެ. ނަމަވެސް މި ވަގުތަކީ ކޯވިޑް-19ގެ ނުރައްކާތެރިކަން އޮތް ޙާލަތަކަށް ވުމާއެކު ކޯޓަށް ޙާޟިރުވެ މައްސަލަ ކުރިއަށް ގެންދިއުމަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އެތައް ޙައްޤަކަށް އުނިކަން އަންނާނެ ކަމެއް ކަމަށެވެ.
ރައީސް ޔާމީންގެ ޝަރީޢަތަކީ ދުރާލާ ތާވަލްކޮށްފައިވާ ޝަރީޢަތެއް ނަމަވެސް، ކޮވިޑްގެ ޙާލަތު ހަމައަކަށް އެޅެންދެން އެޝަރީޢަތްތައް ފަސްކުރުމަށް ކޯޓުގައި އެދިފައިވާ ކަމަށްވެސް ވަކީލުން ވަނީ ބުނެފައެވެ.
ރައީސް ޔާމީން މިވަގުތުވެސް ހުންނެވީ ފަސް އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ޙުކުމެއްގައެވެ. ނަމަވެސް ރަމަޟާން މަހަށް ގެއަށް ގެނައި ފަހުން އަދިވެސް ރައީސް ޔާމީން ހުންނެވީ ގޭގައެވެ. އަދި އެމަނިކުފާނުގެ މައްޗަށް ދަޢުލަތުން މިހާރުވެސް ވަނީ އިތުރު ދަޢުވާތަކެއް އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު