ޖިންސީ ގޯނާއާއި ދެކޮޅަށް މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން
ޖިންސީ ގޯނާއާއި ދެކޮޅަށް މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން
މާލޭގެ މަގުމަތިން ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ދިވެއްސަކު މިއަދު ހައްޔަރުކޮށްފިއެވެ.

މާލޭގައި މިއަދު ހިނގި މި ހާދިސާއާއި ގުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން 31 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ލޮނުޒިޔާރަތްމަގުގައި ސެކިއުރިޓީ ޔުނީފޯމެއްގައި ހުރި މީހަކާއި ގުޅޭ ޝަކުވާތަކެއް ބިދޭސީ އަންހެނަކު އެ ސަރަޙައްދުގައި ތިބި މީހުންގެ ގާތުގައި ކުރާ މަންޒަރެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން