ގާނޫނުތައް ހަރުކަށިކޮށްގެން މުޖުތަމައު ތެރޭގައި ހުރި މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށް ގަބޫލު ކުރުމަކީ ކުށްހީއެއް ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.

ކުރީގެ ޕީޖީ މުހުތާޒް މުހުސިން ވިދާޅުވީ، އޭގެ ތަޖުރިބާއަށް ބަލާނަމަ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަ ފުދޭ ކަމަށެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިި މެދު ޚާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގައި އެފަދަ އަމަލުތަށް ހިންގާ މީހުންނަށް ބޮޑެތި އަދަބުތަށް ކަނޑައެޅިނަމަވެސް އެފަދަ މައްސަލަތަށް އެެއް ދުވަހުން އަނެެއް ދުވަހަށް އަންނަނީ އިތުރުވަމުންނެވެ.

"ހައްލުކުރަންވީ އިޖްތިމާއީ މައްސަލަތައް، އިޖުތިމާއީ އޮނިގަނޑު އިސްލާހު ނުކޮށް، ކުށްކުރުން ހުއްޓުވިދާނެ ކަމަށް ހީކުރުމަކީ ކުށްހީއެެއް." ކްރިމިނަލް ކޯޓުގެ ގާޒީކަންވެސް ކުރެއްވި މުހުތާޒް ވިދާޅުވިއެވެ.

ގާނޫނުތައް ހަރުކަށިކޮށްގެން މުޖުތަމައު ތެރޭގައި ހުރި މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށް ގަބޫލުކުރުމަކީ ކުށްހީއެއް ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް ވިދާޅުވެފައިމިވަނީ އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، ސިފަކުރުމުގައި ބައިވެރި ވުމާއި އާންމުތނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުުރުމަކީ ޖިނާއީ ކުށަކަށް ހެދުމަށް އެމްޑީޕީން ގާނޫނުލްއުގޫބާތަށް އިސްލާހު ހުށައަޅާފައިވާ ދަނޑިވަޅެެއްގައެވެ.



ޖޭއެސްސީގައި ވެސް އިންނަނަވާ އެމްޑީޕީގެ މަޖިލިސް މެންބަރު އިސާން ހުސައިން ގާނޫނޫ އުގޫބާތަށް ހުށައަޅުއްވާފައިވާ އިސްލާހުތަކުގައި ބުނެފައިވަނީ މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި ދިން އަނިޔާއެއްގެ ސަބަބުން މީހަކު މަރުވެއްޖެނަމަ އެކުށްކުރާ މީހާއަށް އެންމެ ބޮޑުވެގެން 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށެވެ. އަދި މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި ޖިސްމާނީ އަނިޔާއެއް ދިނީ ކިޑްނެޕްކޮށްގެން ނުވަތަ މީހަކަށް ޖިންސީ އަނިޔާއެއް ދީގެން ނުވަތަ މީހެއްގެ ފުރާނަޔަށް ގެއްލުންދޭނެ ކަމުގެ ބިރުދައްކައިގެން ކަމުގައި ވާނަމަ އެންމެ ބޮޑުވެގެން 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެެވެ.

މިއިސްލާހު ތަކުގެތެރެއިން ވެސް ގިނަ ބަޔަކު ފާޑު ކިޔަމުން ދަނީ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަން ކުރުމުގައި ބައިވެރި ވުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅުމަށް ހުށައަޅާފައިވާ އިސްލާހާއި މެދުއެވެ. އާންމު ބަހުރުވައިން ދަންނަވާނަމަ އެއިސްލާހަކީ މީހަކަށް ނިސްބަތްކޮށް ނުވަތަ އިޝާރާތްކޮށް ލާދީނީ ކިއުމަކީ ބޮޑުވެގެންވާ ޖިނާއީ ކުށެއް ކަމަށް ގާނޫނުލް އުގޫބާތުގައި ކަނޑައެޅުމަށް ހުށައަޅާފައިވަ އިސްލާހެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން