ކޮންމެ ގޮތަކަށް ޤާނޫނު ހެދިޔަސް ލާދީނީ މީހަކު ދީނީ މީހަކަށް ނުވާނެކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒު މިހެން ވިދާޅުވެފައި މިވަނީ އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، ސިފަކުރުމުގައި ބައިވެރި ވުމާއި އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ސަރުކާރުގެ ފަރާތުން އިސްލާހުތަކެއް ހުށަހަޅާފައިވާ މައްސަލައިގައި ގިނަބައެއްގެ ފާޑުކިއުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ޑރ. އިޔާޒު ވިދާޅުވީ ކޮންމެ ގޮތަކަށް ޤާނޫނު ފާސްކުރިނަމަވެސް ލާދީނީ މީހަކު އެއީ ދީނީ މީހަކަށް ނުވާނެކަމަށެވެ. އެފަދަ މީހުންގެ ނުރައްކާތެރިކަން ހާމަކޮށް ފާޅުކުރަންވެސް ޖެހޭނެކަމަށް އިޔާޒު ވިދާޅުވިއެވެ.

އިޔާޒު ވިދާޅުވީ އިސްލާމްދީނަށް ފުރައްސާރަކޮށް ހަޖޫޖަހައި، ކުފުރުވުމަކީ އިސްލާމް ދީނުގައި ހައްދު ކަނޑައެޅިގެންވާ އަދި ދިވެހިރާއްޖޭގެ ޤާނޫނުގައި ކުށެއްކަމަށެވެ. އަދި އެކުށް މީހަކު ފާޅުގައި ކުރަމުން އަންނަނަމަ އެވާހަކަ ފާޅުގައި ބުނަންޖެހޭކަމަށްވެސް އިޔާޒު ވިދާޅުވިއެވެ.





ޑރ. އިޔާޒް ވަނީ މީސްމީހުންނަށް ހުތުރުކަން ބޮޑު ލަގަބްތަކުން މުހާތަބްކޮށް، ދޮގު އިލްޒާމުތައް އަޅުވައި އެތަކެތި ފަތުރައި އަދި އަޑު އަހާ މީހުންނަށް ތެދެއްހެން ހީވާ މިންވަރަށް މިފަދަ ކަންތައްތައް ކުރުމަކީ ނަފްރަތު އުފެއްދުން ނޫންތޯއޭ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ. އަދި ބިރުދެއްކިޔަސް، ޖަލަށްލިޔަސް، ހަވަރަށްދިނަސް ހަޤީޤަތްވާނީ ހަޤީގަތަށްކަމަށާއި ލާދީނީ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުންނަށްވުރެ 100 ގުނަ ނުރައްކާ ބައެއްކަމަށް އިޔާޒު ވިދާޅުވިއެވެ.





މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިނެވެ. ގާނޫނުލްއުގޫބާތަށް މާއްދާއެއް އިތުރު ކުރުމަށް އެ ބިލުގައި ހުށަހަޅާފައިވާއިރު އެއީ ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދަން އިތުރުކުރާ މާއްދާއެއްކަމަށް ބިލުގައި ބުނެފައިވެއެވެ. އަދި އެބިލުގައި ނަފްރަތުގެ އަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ވަނީ ހިމަނާފައެވެ.

އެގޮތުން އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހަދަން ވަނީ ހިމަނާފަ އެވެ. ބިލުގައި ބުނެފައިވަނީ އެއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


1

އަބޫ ކުލްދީ

03-Jun-2021

ﷲ އާ އެކަލާނގެ އަޅާޔާ ދެމެދުވާގުޅުމަކީ އެހެން މީހަކަށް އެނގޭނެ ކަމެއްނޫން. އެކަކު އަނެކަކަށް ކާފަރަށް ފާސިގަށް ގޮވުމަކީ އިސްލާމް ދީން ހުއްދަ ކުރާ ކަމެއްނޫން. މީހަކު ނުވަތަ ބަޔަކު ކުރާކަމަކުން ނުވަތަ ބުނާ ބަހަކުން ދީނަށް ފުރައްސާރައެއް ނުވާނެ، އެއީ އެބަޔަކަށް ލިބޭ ނިކަމެތި ކަމެއް. ދީން ވަނީ ﷲ ހިމާޔަތް ކުރައްވާފަ.



ޓްރެންޑިން