އަހުމަދު މަސްނޫމް   1 ޖޫން 2021 - 14:59
ބ. އަތޮޅު އޭދަފުށި ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެއްޖެއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ބުނީ ރޭ ފަތިހު 4:40 ގައި ނިޔާވެފައިވަނީ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އެއީ އެފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ނިޔާވި ފުރަތަމަ މީހާކަމަށް އޭދަފުށި ހޮސްޕިޓަލުން ބުނެއެވެ.

މީގެ ކުރިންވެސް ބ. އަތޮޅުން ތިން މީހަކު މި ބައްޔަށް ޕޮޒިޓިވްވެގެން ނިޔާވެފައިވާއިރު، އެ މީހުން ކޯވިޑަށް ޕޮޒިޓިވްކަން އެނގުނީ މަރުވިފަހުން ހެދި ޓެސްޓްތަކުންނެވެ.

އޭދަފުށިން މަރުވި މީހާއާއެކު ކޯވިޑް ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 162 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 146 ދިވެހިންނާއި 16 ބިދޭސީންނެނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން