ޓުއަރިޒަމް މިނިސްޓްރީން ފަތުރުވެރިކަން ތަރައްޤީކުރުމަށް އިޢުލާންކޮށްފައިވާ ރަށްތަކަށް ބީލަން ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ފަތުރުވެރިކަން ތަރައްޤީކުރުމަށް އިޢުލާންކޮށްފައިވާ ރަށްތަކަށް ބީލަން ހުށަހެޅުމުގެ ސުންގަޑި އިތުރުކުރީ ކޯވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން އިންވެސްޓަރުންނަށް ދަތުރުފަތުރުކުރުމަށް ދިމާވެފައިވާ ދަތިތަކާއި ގުޅިގެންކަމަށެވެ. އެގޮތުން އެންމެ ފަހުން އިޢުލާންކޮށްފައިވާ ރަށްތަކަށް ބީލަށް ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 10:00ގެ ނިޔަލަށެވެ. އަދި ބީލަން ފޮތް މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ލިބޭނެކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

ރިސޯޓް ތަރައްޤީކުރުމަށް ޓޫރިޒަމް މިނިސްޓްރީން ރަށްތަކެއް ހުޅުވާލީ މިދިޔަ އޭފްރީލްމަހުގެ 8 ވަނަ ދުވަހުއެވެ. އެއީ 23 ރަށެކެވެ. މިފަހަރު ހުޅުވާލި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށްތަކުގެ ތެރެއިން އެއް ފަޅެއްގައި އޮންނަ ރަށްތައް ލިބޭނީ އެކަކަށެވެ. އޭރު ބީލަން ހުށަހެޅުމުގެ ސުންގަޑިއެއްކަމަށް ކަނޑައަޅާފައިވަނީ މިމަހުގެ 10 ވަނަ ދުވަހެވެ.

ޓުއަރިޒަމް މިނިސްޓްރީން ފަތުރުވެރިކަން ތަރައްޤީކުރުމަށް އިޢުލާންކޮށްފައިވާ ރަށްތަކަށް ބީލަން ހުށަހެޅުމުގެ ސުންގަޑި އިތުރުކުރުމުގެ އިތުރުން މި ރަށްތަކުގެ ލީޒް އެކުއިޒިޝަން ކޮސްޓްވެސް ވަނީ ކުޑަކޮށްދީފައެވެ. އެގޮތުން މިރަށްތަކުގެ އެކިއުޒިޝަން ކޮސްޓް 30 އިންސައްތަ ކުޑަކޮށްދީފައިވާކަމަށް އެ މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން