އިސްލާމްދީނުގެ ހައްދުތަކާއި ދެކޮޅަށް ވާހަކަދައްކާ މީހުންނާ ދިމާލަށް ލާދީނީއޭ ކިޔޭނެކަމަށާއި، އެކަން ނުހުއްޓުވޭނެކަމަށް ދީނީ އިލްމުވެރިޔާ ޝައިޙް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޙް އަލީ ޒައިދު މިހެން ވިދާޅުވީ އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، ސިފަކުރުމުގައި ބައިވެރިވުމާއި އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ސަރުކާރުގެ ފަރާތުން އިސްލާހުތަކެއް ހުށަހަޅާފައިވާ މައްސަލައިގައި ގިނަބައެއްގެ ފާޑުކިއުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ޒައިދު ވިދާޅުވީ ލާދީނީ މިބަސް ރާއްޖޭގެ މާހައުލައި ބޭނުންކުރެވެނީ ކާފިރުކުރުމުގެ މާނައިގައި ނޫންކަމަށެވެ. އެއީ އިސްލާމީ އުސޫލުތަކާއި ހިލާފަށް ވާހަކަ ދައްކާ އުޅޭ މީހުންނަށް ނިސްބަތްކުރެވޭ ބަހެއްކަމަށް ޒައިދު ވިދާޅުވިއެވެ. އަދި ބައެއް މީހުން އުޅެނީ އެކަން މާބޮޑުކޮށްލައިގެންކަމަށް ޒައިދު ވިދާޅުވިއެވެ.



ޒައިދު ވިދާޅުވީ ވައްކަންކުރާ މީހުންނަށް ވަގޭ ކިޔާ އުސޫލުން، އިސްލާމްދީނުގައި ސާބިތު ހުކުމްތަކާއި ހިލާފަށް ވާހަކަދައްކާ މީހުންނަށް ކިޔަނީ ލާދީނީކަމަށެވެ. އަދި އެއީ ނަފްރަތު އުފެއްދުން ނޫންކަމަށާއި، އެކަން ނުހުއްޓުވޭނެކަމަށްވެސް ޒައިދު ވިދާޅުވިއެވެ.



މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިނެވެ. ގާނޫނުލްއުގޫބާތަށް މާއްދާއެއް އިތުރު ކުރުމަށް އެ ބިލުގައި ހުށަހަޅާފައިވާއިރު އެއީ ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހަދަން އިތުރުކުރާ މާއްދާއެއްކަމަށް ބިލުގައި ބުނެފައިވެއެވެ. އަދި އެބިލުގައި ނަފްރަތުގެ އަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ވަނީ ހިމަނާފައެވެ.

އެގޮތުން އާންމުތަނުގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހަދަން ވަނީ ހިމަނާފަ އެވެ. ބިލުގައި ބުނެފައިވަނީ އެއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


2

ޔާމިން

03-Jun-2021

ސާބަހޭ ސާބަހޭ


-8

ކައްދަ

03-Jun-2021

ކަލޭތީސިޔާސީއިލްމް ވެރިޔެއްތަ. ???



ޓްރެންޑިން