އަހުމަދު މަސްނޫމް   1 ޖޫން 2021 - 16:52
ކޯވިޑް ޖެހިގެން މިއަދު ރާއްޖެއިން 4 މީހުން ނިޔާވެއްޖެއެވެ.

އެޗްޕީއޭއީން ބުނީ ކޯވިޑް ޖެހިގެން މިއަދު ނިޔާވި 4 މީހުންގެ ތެރެއިން 3 މީހުންނަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 3 މީހުންކަމަށެވެ. އަދި އަނެއް މީހާއަކީ ބ. އަތޮޅު ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހެކެވެ.



ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދަނިކޮށް ނިޔާވީ 70 އަހަރުގެ ފިރިހެނަކާއި 50 އަހަރުގެ ފިރިހެނެއްގެ އިތުރުން 59 އަހަރުގެ އަންހެނެކެވެ. ބ. އަތޮޅު ކޯވިޑް ފެސިލިޓީން ނިޔާވީ 87 އަހަރުގެ ފިރިހެނެކެވެ.



މިއަދު ރާއްޖެއިން ނިޔާވި 4 މީހުންނާއެކު ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 165 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 16 ބިދޭސީންނާއި 149 ދިވެހިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން